-Advertisement-

-Advertisement-

ރާއްޖެއިން ކޮރޮސްމެޗް ޓެސްހަދަން ފަށައިފި

ތެލެސީމިޔާ ކުދިންނަށް އާންމު ފަރުދަކު ލޭ ހަދިޔާ ކުރަނީ، - ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް

ބޯން މެރޯ ހެދުމަށް ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ބެލުމަށް ހަދާ ކްރޮސް މެޗް ޓެސްޓް ރާއްޖެއިން ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަން ހަމަކޮށް ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މީގެކުރިން ބޯން މެރޯޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ހެދުމަށް ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިވާ ކަމަށެވެ.

އެގޮތުން ބަލިމީހާ އާއި ޑޯނާގެ އިތުރުން ބަލިމީހާގެ މައިންބަފައިން ރާއްޖެއިން ބޭރަށް ދާން ޖެހުމުގެ ސަބަބުން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުތިމައިލާން ޖެހޭ ކަމަށެވެ.

ބޯން މެރޯޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ޑޯނާ އާއި ބަލިމީހާ ދިމާވޭތޯ ހަދާ ޓެސްޓް ރާއްޖޭގައި ތިބިގެން ޓެސްޓް ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސައި ފުރަތަމަ ބުރުގެ ޓެސްޓްތައް މާރިޗް 7 ގައި ހަދައިފައިވާކަން މިނިސްޓަރ ވަނީ ހާމަކުރައްވައިފައެވެ.

އަދި ފުރަތަމަ ބުރުގައި 13 ފަރާތަކުން އެ ޓެސްޓްހެދި ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ އަތޮޅު ތެރޭގައި ތެލެސީމިއާ ޓެސްޓުތައް ހެދޭނެ އިންތިޒާމްތައް ފުޅާ ކުރުމަށް ސަރުކާރުން ނިންމަވައިފައިވާކަން އިއުލާނު ކުރައްވައިފައެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި މިނިސްޓަރ ވަނީ ތެލެސީމިޔާ އިމާރާތް މިހާރު ހިންގަމުން އަންނަ އިމާރާތުން ބަދަލުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތަނަވަސް އިމާރާތަކަށް ބަދަލުކުރައްވަން ނިންމަވައިފައި ވާކަންވެސް އިއުލާނު ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-