-Advertisement-

-Advertisement-

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައިގައި މީހަކު ހޯދަނީ

ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ހުސެއިން ޖަޒްލާން

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

އެގޮތުން މި މައްސަލައިގައި ހޯދަން އިއުލާން ކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 1817، އުމުރުން 28 އަހަރުގެ ހުސައިން ޖަޒްލާނަކީ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ޖަޒްލާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ފަރާތެއް ކަމަށެވެ.

ވުމާއެކު، ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހާޒިރުވުމަށް ހުސައިން ޖަޒްލާނުގެ މައްޗަށް އަންގައި އިއުލާނުކުރާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކި އެކި މައްސަލަތަކުގެ ތަހުގީގަށް ހާޒިރުކުރުމަށް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން މީހުން ހޯދުމަށް ފުލުހުން އަންނަނީ އިއުލާނުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-