-Advertisement-

-Advertisement-

ކޮވިޝީލްޑުގެ ފުރަތަމަ ޝިޕްމަންޓުގައި ލޭ ގަނޑުވާ ވާހަކަ ލިޔެފައި ހުންނާނެ: ސީރަމް އިންސްޓިޓިއުޓް

2021 ވަނަ އަހަރު މާކެޓަށް ނެރުނު ޝިޕްމަންޓުގައި ވެކްސިން ޖެހުމުން އާންމުކޮށް ދިމާވެދާނެ ސައިޑް އިފެކްޓްސްތަކާއި އަދި ފަހަރެއްގައި ދިމާވެދާނެ ސައިޑް އިފެކްޓްސްތައް ހިމެނޭ ލިޔުމެއް ހިމަނާފައިވާނެކަމަށް ކޮވިޝީލްޑް އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ބުނެފިއެވެ.

150 ގައުމު ހިމެނޭހެން ޖުމްލަ 3 ބިލިއަން ޑޯޒްގެ ކޮވިޝީލްޑް ވެކްސިން އެ ކުންފުނިން ވިއްކާފައިވާއިރު އެ ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމާއި އެހެނިހެން ސައިޑް އިފެކްޓްސްތައް ދިމާވާ މައްސަލަ އިނގިރޭސިވިލާތުގެ ހައިކޯޓަށް ބަޔަކު ވަނީ ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ކޮވިޝީލްޑް ވިއްކުމުގެ ހުއްދަ ބާތިލުކުރުމަށް މިދިޔަ މާރިޗު މަހު ވަނީ ފޮނުވިފައެވެ. އަދި ވެކްސިން މާކެޓުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދޫކޮށްފައި އޮތް ހުއްދަ ބާތިލުކޮށް މިހާރު ވަނީ އެ ވެކްސިން ވިއްކުން ވެސް ހުއްޓާލާފައެވެ.

ވެކްސިން މާކެޓުކުރުން ހުއްޓާލާފައި މި ވަނީ އެ ވެކްސިން ވިއްކާތާ 3 އަހަރު ފަހުން އެ ކުންފުންޔަށް އާމްދަނީ ނުލިބޭތާ ވެސް އެތައް ދުވަހެއް ވީ ފަހުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-