-Advertisement-

-Advertisement-

އދގެ މެންބަރުކަން ފަލަސްތީނަށް ލިބޭނެ ގަރާރެއް ފާސްކޮށްފި

އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިދެވޭ ފަދަ ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކުރެވިފައި ވަނީ އިއްޔެ އދގެ އާންމު މަޖިލީހުގައި ބޭއްވުނު ވޯޓަކުން 143 ގައުމެއްގެ ފަރާތުން ވޯޓު ލެއްވި މަންދޫބުންގެ ވޯޓާއެކުގައެވެ. އެހެންނަމަވެސް 25 ގައުމަކުން ނުފެންނަކަމަށް ވޯޓުލާފައިވެއެވެ. އަދި 9 ގައުމެއްގެ މަންދޫބުން ވޯޓުގައި ބައިވެރިނުވެއެވެ.

އދއިން މިހާރު ވަނީ ފަލަސްތީނަކީ އާންމު މަޖިލީހުގެ ފުރިހަމަ މެންބަރުކަން ލިބޭ ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ލިބިފައި އޮތް ހުށަހެޅުން މުރާޖާކުރުމަށް އދގެ ސަލާމަތީ މަޖިލީހަށް ގޮވައިލައިފައެވެ.

ނިމިދިޔަ އެޕްރީލު މަހުގެ 18 ވަނަ ދުވަހު ނެގި ވޯޓުން ވެސް އދގެ މެންބަރުކަން ފަލަސްތީނަށް ލިބޭގޮތް ވަނީ މަގުފަހިވެފައެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅީ އެމެރިކާއެވެ. އެމެރިކާއިން ވަނީ އެ ދުވަހު ނެގި ވޯޓު ވީޓޯކޮށްފައެވެ.

މިހާރު މުޅި ޖުމްލަ 193 ގައުމެއް އދގެ މެންބަރުންގެ ގޮތުގައި އެބަ ތިއްބެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-