-Advertisement-

-Advertisement-

ދެކުނުގެ އަތޮޅުތަކަށް ވެސް ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ މޫސުން ފެށިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މި ހާލަތު 2 ދުވަހަށް ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔުމަކީ ވެސް ހުޅަނގު މޫސުން ފުށުންކަމުގައި ކަނޑައެޅޭ ހާލަތެކެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ވަނީ ހުޅަނގު މޫސުން ފެށިފައެވެ. މީގެ ދެ ދުވަސް ކުރިން އުތުރުގެ އަތޮޅުތަކަށް ވަނީ ރީނދޫ އެލާޓް ވެސް ނެރެފައެވެ. އަދި މި މަސް ނިމުމުގެ ކުރިން މެދުރާއްޖެތެރެއަށް ވެސް ހުޅަނގު މޫސުން ފެށޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މެދުރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-