-Advertisement-

-Advertisement-

ދިވެހިން ދާނީ، މުއިއްޒު ސްޕީޑުގައި ކުރިއަށް: އަބްދުއްރަހީމް

ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން މެންދުރުފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއައި އެ މަނިކުފާނުގެ ޓީމް އޮތީ ވަރުގަދަކޮށް ބަދަހިކޮށްކަމަށާއި، ދިވެހިން ދާނީ މުޢިއްޒު ދުވެލީގައި ބާރަށް ކުރިއަށް ކަމުގައި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަދި ފޮނަދޫ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ އަދި ކުރިއަށް ގެންދާ އެކި މަޝްރޫއުތަކާއި ސަރުކާރުގެ ނިންމުންތަކަށް ފާޑު ކިޔައި ވާދަވެރި އިދިކޮޅު ފަރާތްތަކުން މީސް މީޑިޔާގެ މަންސަތަކުގައި ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވާދަވެރި ފަރާތްތަކުން އައީ، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ކަމަށެވެ.

https://x.com/Banafsaa/status/1789132279706681445

އެހެން ނަމަވެސް އެފަދަ ވާހަކަތައް ފަތުރަމުން ދަނިކޮށް، އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދިނުމުން، އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ ކަމުއި އަބްދުރަހީމް ވިދާޅުވިއެވެ.

އަދި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ޓިމް އޮންނެވީ ބަދަހިކޮށް ކަމުގައިވެސް އަބްދުއްރަހީމްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް.ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް – އަބްދުއްރަހީމް

ސަރުކާރާއި އިދިކޮޅަށް ބަސްބުނާ އަދި ވާހަކަތައް ފަތުރާ މީހުންނަށް އަބްދުއްރަހީމް އަބަދުވެސް ގެންދަވަނީ އެކި ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކަށް ރައްދު ދެމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-