-Advertisement-

-Advertisement-

މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފި

މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސްއޮފީސް

މައްކާގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ މެހެމާންދާރީގައި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަދީނާގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި 24 ދިވެހި ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ދަރިވަރުން ވަނީ، އެކުދިންގެ ކަންބޮޑުވުންތަކާއި ދަތިތައް ރައީސާއި ޙިއްސާކޮށްފައެވެ.

އަދި އެ ހުރިހާ ކަމަކަށް އިޖާބަދެއްވައި، އެ ކަންކަން ބައްލަވައި އަދި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް އަރުވައިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހް މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-