-Advertisement-

-Advertisement-

ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަނީ

މާލޭ ސިޓީ ކައުންސިލްގެ ގަސް ފިހާރަ ތެރެއިން- ފޮޓޯ/މާލޭ ސިޓީ ކައުންސިލް

ފަސް އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒުގެ ދަށުން މި އަހަރުގެ ތިމާވެށީގެ ދުވަހާއި ދިމާކޮށް އެ ޕްރޮގްރާމް ފެށުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި “ކޮޕް28” ސަމިޓްގައި ތިމާވެށްޓަށް ދިމާވާ މަސައްލަތަކާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިއުލަނުކޮށްފައެވެ.

އެގޮތުން ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިފައި ވާކަން އިއުލާނުކުރައްވައިފައެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައްކަމަށް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މީގެކުރިން ވެސް ރާއްޖޭގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ނުވާތީކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-