-Advertisement-

-Advertisement-

ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަނދައި 3 މިލިޔަން ރުފިޔާގެ ގެއްލުމެއް!

ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަނދާފައި މެޝިނަރީއެއް- ފޮޓޯ: ވެލިދޫ ކައުންސިލް

ނ. ވެލިދޫ ވޭސްޓް މެނެޖްމަންޓް ސެންޓަރުގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައި ލިބުނު ލިބުނު ޖުމުލަ ގެއްލުމުގެ އަދަދު 3 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ރަށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މިހާދިސާގައި އެ ސެންޓަރުގެ ބޮޑު ބަޔަކާއެކު އެތަނުގައި ބޭނުން ކުރުމަށް ބެހެއްޓިފައިހުރި މެޝިނަރީތައް އަދި ފުޓްބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު  3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ މި ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ވެލިދޫ ރައްޔިތުންނާއި, ވެލިދޫ ޕޮލިސް ސްޓޭޝަން އާއި, ކައިރީގައިވާ ރިސޯޓްތައް ކަމަށްވާ ޝެވަލް ބްލެންކް ރަންދެލި އަދު ސިޔާމް ވާރލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑް އަދި އެމްއެންޑީއެފް އެހީތެރިކަން ލިބިފައިވާ ކަން ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.

މި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ 2022ވަނަ އަހަރު ވެލިދޫގައި ގާއިމްކުރެވުނު،  13,000 އަކަފޫޓުގެ ސެންޓަރެކެވެ.

އިއްޔެ މެންދުރު 12:00 ގައި ރޯވި މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ މެންދުރުފަހު 14:30 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މި ހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ، އިމާރާތުގެ ކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެން ކަމަަށް ލަފާކުރެވޭ ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. އަދި އަލިފާން ރޯވި ސަބަބު ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-