-Advertisement-

-Advertisement-

ޓެކްސް ކޮމިޝަނަރަކަށް ޒަރީރު އައްޔަންކޮށްފި

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޓޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ހެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް  ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު އައްޔަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މަގާމުގެ ފަތްކޮޅު އޭނާއަށް އަރުވައިފައެވެ.

ޒަރީރު މިއަދު ވަނީ ޓެކްސް ކޮމިޝަނަރުކަމާ ހަވާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވައިފައެވެ.

ކުރިން ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް ފުރުއްވި ޒަރީރަކީ 2000 ވަނަ އަހަރުން ފެށިގެން ޓެކްސްއާއި އޮޑިޓާ ގުޅޭ އެކިއެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-