-Advertisement-

-Advertisement-

ޗެލްސީގެ ކޯޗުކަމުން ޕޮޗެޓީނޯ ބޭރުކޮށްފި!

ފޮޓޯ: ރަޔާން ޕާރސް/ ގިޓީ އިމޭޖް

ޗެލްސީގެ ކޯޗުކަމުގައި އެންމެ ސީޒަނެއް ހޭދަކުރުމަށްފަހު މޮރީސިއޯ ޕޮޗެޓީނޯ އެޓީމު ދޫކޮށްފިއެވެ.

އަންގާރަދުވަހު ޗެލްސީން ހާމަކޮށްފައިވާ ގޮތުގައި ޕޮޗެޓީނޯ އޭނާގެ މަޤާމު ދޫކޮށްލާފައިވަނީ ދެފަރާތުގެ ރުހުމާއެކުގައެވެ. އުމުރުން 52 އަހަރުގެ އާޖެންޓީނާއަށް ނިސްބަތްވާ ކޯޗުގެ ދަށުން ޗެލްސީ މި ސީޒަނުގައި ޕްރިމިއާ ލީގު ނިންމައިފައިވަނީ ހަ ވަނައިގައި އޮވެގެންނެވެ.

ޕޮޗެޓީނޯ ވަނީ ޒުވާން ޓީމެއް ގޮވައިގެން ކަރަބައޯ ކަޕް ފައިނަލާއި އެފްއޭ ކަޕް ސެމީ ފައިނަލަށް ގެންގޮސްދީ، ސީޒަނުގައި ބޮޑުތަނުން އުނދަގޫތަކާއި ކުރިމަތިވީ ނަމަވެސް، ޕްރިމިއާ ލީގުގެ ކެމްޕޭން ޖެހިޖެހިގެން ފަސް މޮޅު ހޯދައި ހަ ވަނަ ހޯދައިފައެވެ.

މީގެކުރީގެ ސީޒަން އެޓީމުން ނިންމާލީ 12 ވަނައިގައި އޮވެގެންކަން ފާހަނގަކޮށްލެވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-