-Advertisement-

-Advertisement-

މާލެ ސިޓީގައި ހުރި ހުރިހާ މިސްކިތްތަކެއް ސާފުކުރުމަށް ދިވެހިން ހަމަޖައްސައިފި

ސިޓީ ކައުންސިލުން އާ ސަހަރާގެ މަސައްކަތް ކުންފުންޏަކަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި މާލެ ސިޓީގައި ހުރި ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ މަސައްކަތް ކުރާނީ ދިވެހިންކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މި ގޮތަށް އެ ކައުންސިލުން ނިންމީ އިއްޔެއެވެ. އެގޮތުން އިއްޔެއިން ފެށިގެން ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިންކަން ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި އަހަރުގެ ފެބުރުވަރީ މަހު މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭ ސަރަހައްދުގެ މިސްކިތްތައް ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ދިވެހިން ހޯދުމަށް އިއުލާނުކޮށްފައެވެ. ނަމަވެސް ފުރަތަމަ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ފަހަރު އެ ކަމަށް 114 ދިވެހިން ހޯދަން އިއުލާން ކުރުމުން ކުރިމަތިލީ އެންމެ 14 މީހުންނެވެ. އެކަމަކު ދެވަނަ ފަހަރަށް އިއުލާނު ކުރުމުން 200އަށް ވުރެ ގިނަ މީހުން ކުރިމަތިލިކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ދިވެހިންނަށް ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-