-Advertisement-

-Advertisement-

ގޭގައި ހުރި ހިކަނދިފަތުން ހަދަންވީ އައިސްކިއުބް

ރަށުން ފޮނުވާ ނުވަތަ ބާޒާރުން ބޮޑުއަގު ދީގެން ގަންނަ ހިކަނދިފަތްކޮޅު ކޮންމެގޮތެއް ހެދިޔަސް ހަފްތާއެއްހާ ދުވަސްވާއިރު އޮންނަނީ ކުލަބަދަލުވެ ހިކިފައެވެ. އެއްގޮތަކަށްވެސް ފަތްކޮޅު ގިނަދުވަހު ބޭނުންކުރަން ބެހެއްޓޭގޮތެއް ހަމަ ނުވެއެވެ. މިއީ ތިފަރާތަށްވެސް ދިމާވާ ކަމެއް ނަމަ، މިލިޔުމުގައި މިހިމަނާލަނީ މިކަމަށް އޮތް ހައްލެކެވެ.

ހިކަނދިފަތަކީ އޭގައި އެއްވެސް ތެތްކަމެއް ނުވަތަ މޮއިސްޗަރ އެއް ހުންނަ އެއްޗެއް ނޫނެވެ. ވީމާ އައިސްއަލަމާރިއަށް ލާއިރު މިކަމަށް ސަމާލުކަން ނުދެވޭނަމަ ވަރަށް އަވަހަށް ފަތްކޮޅު ހަލާކުވެދާނެއެވެ. މިގޮތުން ބަލާއިރު ރަނގަޅަށް ރައްކާ ކުރެވޭ ހިކަނދިފަތް 2 މަސް ދުވަހަށްވެސް އައިސްއަލަމާރީގައި ހަލާކުނުވެ ބެހެއްޓޭނެއެވެ.

ހިކަނދި ފަތް ކޮޅު ރަނގަޅަށް ސާފުކޮށްލުމަށްފަހު، ފަތްތައް ވަކިކޮށްލާށެވެ. އަދި ބޭނުންވާ ވައްތަރެއްގެ އައިސްކިއުބް ޓްރޭއަކަށް ފަތްކޮޅުލާށޭވެ. އައިސްކިއުބް ޓްރޭއަށް ފަތްލާއިރު ޓްރޭގައި ޖާގަ ހުރި މިންވަރަކަށް ފަތް މާ ގިނަ ނުވާނެހެން އަދި ފެން އެޅުމަށް ޖާގަ ހުންނަ މިންވަރަކަށް ފަތްލުމަށް ސަމާލުވާށެވެ. ފަތް ޓްރޭގައި އަތުރާލުމަށްފަހު، ފެންއަޅާފައި ގަނޑުކުރަންލާށެވެ. މިގޮތަށް ބޭނުން މިންވަރަކަށް ހިކަނދިފަތުގެ އައިސްކިއުބް ތައްޔާރު ކުރެވިދާނެއެވެ. މި އައިސްކިއުބްތައް ތައްޔާރުވުމުން ޒިޕްލޮކް ބޭގެއްގައި ނުވަތަ އެފަދަ ވައިބަންދު ވާފަދަ އެއްޗެއްގައި ގަނޑުކުރާ ބައިގައި ވަރަށް ގިނނަ ދުވަހަށް ބެހެއްޓޭނެއެވެ.

ބޭނުންކުރަންވުމުން އެމިންވަރަކަށް ހިކަނދިފަތުނެ ހަދާފައިވާ އައިސްކިއުބް ނަގައި ތާފެނާ ފއންފޮދަކަށްލާށެވެ. ގާތްގަނޑަކަށް ދެތިން މިނެޓް ތެރޭގައި އައިސްކިއުބް ގިރި، ފަތްކޮޅު ބޭނުންކޮށްލެވޭނެއެވެ. މިއީ ގިނަ ދުވަހު ހިކަނދިފަތް ރައްކާތެރިކޮށް ބެހެއްޓޭނެ އަދި، ތާޒާކަމާއިއެކު ބޭނުންކޮށްލެވޭ ފަސޭހަ ގޮތެކެވެ.

ސިއްޙީއެތަކެއް ފައިދާތަކެއް ލިއްބައިދޭ ހިކަނދިފަތުގައި ކާބޯހައިޑްރޭޓް، ފައިބަރު، ކެލްސިއަމް، ފޮސްފަރަސް، އަޔަން، މެގްނީޒިއަމް، ޒިންކް، އަދި މަލްޓިވިޓަމިންސް ހިމެނެއެވެ. އެހެންކަމުން ހިކަނދިފަތަކީ  ލޭމަދުވުމާއި، ހަކުރުބައްޔާއި، ހަޖަމުނުވުމާއި، ފަލަވުމާއި، ކިޑްނީގެ މައްސަލަތަކާއި، އިސްތަށިގަނޑާއި ހަމުގެ މައްސަލަތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭ އެއްޗެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-