-Advertisement-

-Advertisement-

ތި ވިސްނަނީ ހަވީރު ސަޔާއި މެދުތަ؟

ވަރަށް ވިއްސާރަ ދުވަސްކޮޅެކެވެ. ވަރަށް ވައިގަދަވެފައި ފިންޏެވެ. ކަޅުސައިތަށްޓަކާއިއެކު ކޮންމެވެސް އެއްޗެއް ހަވީރުސަޔަށް ތައްޔާރުކޮށްލުން ވާނީ ވަރަށް އުފާވެރި ކަމަކަށެވެ. ކުޅިރޮށި ކޮޅަކާއި، ތެލުލި ބަނބުކެޔޮ ކޮޅަކާއި، ކުދި ގުޅަ ކިހިނެއްވާނެ ހެއްޔެވެ؟ މިއީ އަހަރުމެން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކޭ ބުނެވިދާނެއެވެ. އެކަމަކު ތިމާގެ ހިތާއި ހަށިގަނޑާއިމެދު ވިސްނާލައި މިފަދަ އާދަތައް މަދުކުރުމަށް ސަމާލުވާން ވެއްޖެއެވެ.

ތެލުލި ލުއިކާނާ ނުވަތަ ޑީޕް ފްރައިޑް ސްނެކްސް މިއީ އަހަރެމެންގެ ތެރޭގައި މާ މަޝްހޫރުކަން ލިބިފައިވާ އެއްޗެކެވެ. އެކަމަކު މިފަދަ ކާއެއްޗިހިން އަހަރެމެންގެ ހަށިގަނޑަށް ލިބިގެންދާ ގެއްލުން ވަޒަން ކޮށްލެވޭ ހެއްޔެވެ؟

1. ޓްރާންސް-ފެޓްސް
ތިމާ ކާ ކާނާއިން ހަށިގަނޑަށް ބޭނުންވާ މައްދާތައް ނަގަނީ އެކާއެއްޗިހި ބައިބަޔަށް ބައިވެ ކުދިވެ ވަކިވެގެންނެވެ. އެކަމަކު ޓްރާންސް-ފެޓްސް މިކިޔޭ މާއްދާއިކީ ހަޖަމުކުރުމުގެ މަސައްކަތުގެ ތެރެއިންވެސް އަހަރުމެންގެ ހަށިގަނޑަށް އެއެއްޗިހި ކުދިކޮށް ބައިކުރުމަށް ދަތިއެއްޗެކެވެ. އެހެންކަމުން މި ފެޓްސް ބަދަލުވަނީ ކެމިކަލްއަކަށެވެ. އާޚިރުގައި މީހާގެ ހަށިގަނޑަށް ނޭދެވޭ އަސަރުތައް ކުރެއެވެ.

2. ކެލޮރީސް
ކެއްކުމުގައި ގެންގުޅެވޭ އެހެން ގޮތްތަކާއި އަޅާބަލާއިރު، ތެލުލުމަކީ ވަރަށް ގިނަ ކެލޮރީ އިތުރުވެގެންދާ ކަމެކެވެ. ތެލުލެވޭ ކާއެއްޗިހިން ފެން ގެއްލި ސަރުބީ ޖަހައިގަތުމުން ކެލޮރީގެ މިންވަރު އިތުރުވެގެން ދަނީއެވެ. ތެލުލެވޭ ކާއެއްޗިހއްސާއި އަޅާބަލާއިރު އެހެން ގޮތްގޮތަށް ތައްޔާރުކުރެވޭ ކާއެއްޗިހިން ހަށިގަނޑަށް ފައިދާވާ ކަމުގައި ބެލެވެނީ އެކާއެއްޗިއްސަށްވުރެ ތެލުލެވޭ ކާއެއްޗިހި ސަރުބީ އާއި ކެލޮރީ އިތިރުވާތީއެވެ.

3. ހިތުގެ ބަލިތައް
ތެލުލާފައިވާ އެއްޗިހި މާގިނައިން ކެއުމަކީ ފަލަވުމަށް މަގުފަހިވާ ކަމެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ވެސް ފަލަވާން ދިމާވާ އެއްސަބަބކީ ތެލުލި އެއްޗިހި މާގިނައިން ކެވުމެވެ. ފަލަވުމަކީ ހިތުގެ ސިއްހަތާއި ސީދާ ގުޅުންހުރި ކަމެކެވެ. ތެލުލާފައިވާ އެއްޗިހި މާގިނައިން ކެވުމުން އެޗް.ޑީ.އެލް ނުވަތަ ރަނގަޅު ކޮލެސްޓްރޯލް ދަށްވެ އޭގެ ސަބަބުން އެލް.ޑީ.އެލް ނުވަތަ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލްގެ މިންވަރު އިތުރު ވެގެންދެއެވެ.

4. ޑައިބެޓިކްސް
ތެލުލެވޭ ކާއެއްޗިހިން ހަށިގަނޑަށް ލިބޭ އަނެއް ގެއްލުމަކީ ޑައިބެޓިކްސް ނުރައްކާ ބޮޑުވެގެންދިއުމެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ތެލުލާފައި ހުންނަ ކާއެއްޗިހި ޤަވާއިދުން ކެއުމުން ނުވަތަ ދިގު މުއްދަތަށް ބޭނުންކުރާ މީހުންނަށް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޓައިޕް 2 ޑައިބެޓިކްސް ޖެހުމުގެ ފުރުސަތު އޮވެއެވެ.

އަހަރެމެންގެ އާންމު ދިރިއުޅުމުގައި އާންމުކޮށް ކައިއުޅޭ އެއްޗިހީގެ ތެރޭގައިވެސް ތެލުލާފައި ހުންނަ ކާނާއަކީ ގިނަ ބާވަތެކެވެ. އެކަމަކު މީގެ ބަދަލުގައި ކާއެއްޗިހި ތައްޔާރުކުރެވޭނެ ގިނަ ގޮތްތަކާއި ވަސީލަތްތައްވެސް މިހާރު އަހަރެމެންނަށް ލިބެން އެބަހުއްޓެވެ. ވީމާ، އާދަތައް ބަދަލުކޮށް މިފަދަ ކުދިކުދި ކަންކަމުން އަހަރެމެންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަންވީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-