-Advertisement-

-Advertisement-

ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެއްޖެ

ފޮޓޯ: މިހާރު ނޫސް

އއ. ތޮއްޑޫގައި މިއަދު ދިމާވި ދަނޑުބިމުގެ މައްސަލައަކާއި ގުޅިގެން ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކައި، އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެއްވެޖެއެވެ.

މިއަދު މެންދުރު 13:00 ހާއިރު އާއްމު މަސްލަހަތު ނަގާލަން މަސައްކަތްކުރާތީވެ ތޮއްޑޫ ކައުންސިލް އިދާރާ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މުޒާހަރާކުރަމުން ދިޔަ މީހުންގެ ތެރެއިން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާ އުކައި އަދި މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރާތީ އެގޮތަށް އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކުއި އެސަރަހައްދުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރާތީވެ އެކަން ހުއްޓުވުމަށް އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި އެފުލުހަށް މީހާއަށް ދަނީ ދަނީ ފަރުވާ ދެމުންކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-