-Advertisement-

-Advertisement-

ކަރަންޓް ބިލް ބޮޑުވެފައިވަނީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމުން: ސްޓެލްކޯ

ފޮޓޯ: ސަން.އޮންލައިން

ކަރަންޓް ބިލް ބޮޑުވުމަށް މެދުވެރިވީ ސަބަބު ބެލުމަށް ބެލި ބެލިތަކުން އެނގުނީ ކަރަންޓް ބިލް ބޮޑުވެފައިވަނީ ގޭބިސީތަކުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ ބިލްތަކާމެދު ޝަކުވާއެއް އޮތްނަމަ އެ ކުންފުންޏަށް ހުށަހެޅުމަށް އެދިފައެވެ. އެގޮތުން ހަތްހާހެއްހާ މީހުން ޝަކުވާ ހުށަހަޅާފައިވާއިރު، ކަރަންޓު ބިލްތަކުގެ މައްސަލަތަކަށް ބަރާބަރަށް ޖަވާބުދާރީ ވަމުން އަންނަ ކަމަށާއި ރައްޔިތުންނަށް އަރައިގެން އުޅެނީ އޮޅުމެއް ކަމަށް ސްޓެލްކޯގެ މީޑިއާ އޮފިސަލަކާއި ހަވާލާދީ ސަން އިން ރިޕޯޓްކޮށްފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެންމެފަހުން ފޮނުވި ބިލް ބޮޑުވެފައި އޭގެ ކުރީގެ ބިލްތައް ކުޑައީ ކުރީ ދެމަހުގެ ބިލަށް ޑިސްކައުންޓް ދީފައިވާތީވެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫސޭޖް ކުޑަވެފައި ބިލް ކުރި އަދަދު ބޮޑުވީ އެހެންވެއެވެ.

ކަރަންޓް ބިލް ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމުން ސްޓެލްކޯއިން ވަނީ މިމަހުގެ އެއްވަނަ ދުވަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ސްޓެލްކޯއިން ޝަކުވާ ހުށަހެޅުން ހުޅުވާލުމާއި އެކު ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 6000 އަށްވުރެ ގިނަ ޝަކުވާ ލިބިފައި ވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯގެ މަސައްކަތްތަކަށް ގިނަ ބައެއްގެ ފާޑުކިއުން ރައްދުވަމުންދާއިރު، މި ޚިދުމަތުގެ ކަންކަން ބަލަހައްޓުމުގެ ޒިންމާ އޮންނަ ފަރާތްކަމުގައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-