-Advertisement-

-Advertisement-

ކ. ދިޔަނެރު ފަރަށް އެރި މައްސަލައިގައި ބޯޓް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ.އެމްވީ

ޓަގު އޭއެމް އެޑްވޭ އަދި އެޓާގާއެކު ރާއްޖެ އައި ބާޖު ކ. ދިޔަނެރު ފަރަށް އެރި މައްސަލައިގައި އެބޯޓް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ހިނގާފައިވާ މިހާދިސާގައި ޓަގު އޭއެމް އެޑްވޭ އަދި އެޓާއެކު ރާއްޖެ އައި ބާޖު ކ. ދިޔަނެރު ފަރަށް އަރެމުން މިމައްސަލަ ބެލުމަށްފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވެއެވެ.

އީޕީއޭއިން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާއިދުގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ 20,246,600 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 24 ވަނަ ދުވަހު އެއުޅަނދު ފަރުމަތިން ނަގުމަށްފަހު ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން  އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ސެޕްޓެމްބަރު 28 ގައި އެފަރުގައި ޖޮއިންޓް ސާވޭއެއް ވަނީ ހަދައިފައެވެ.

މި ޖޮއިންޓް ސާވޭއަށްފަހު،  ބެލި ބެލުމުން އެ ޓަގު އެރި ސަރަޙައްދަށް 804 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާކަމަށް ފާހަގަކޮށްފައިވާއިރު، އީޕީއޭއިން ވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އުޅަނދުގެ ވެރި ފަރާތަށް އަންގާފައެވެ.

ޓަގު އޭއެމް އެޑްވޭ އަދި އެޓާގާއެކު ރާއްޖެ އައި ބާޖު އަރައިފައިވާ މިފަރަކީ ސަފާރީތައް ބަނދަރު ކުރުމަށް ތަރައްގީ ކުރަން ކުރިން ޕްލޭން ކުރި ތަނެކެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-