-Advertisement-

-Advertisement-

މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެހެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކެއް އެޗްޑީސީން ފަށަނީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް. ފޮޓޯ: ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަފާތު 7 ދާއިރާއަކުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްތަކުގެ އަމަލީ ތަޖުރިބާ ކުރިއަށްދާނީ އެ ކޯޕަރޭޝަންގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުންކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ނެޝަނަލް ލެވެލް 3 ގެ ސެޓްފިކެޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 މަސް ދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1 – ނޭޝަނަލް ސެޓްފިކެޓް 3: ކޮމްޕިއުޓަރ ހާރޑްވެއަރ އެންޑް ނެޓްވޯކިންގް

2 – ނޭޝަނަލް ސެޓްފިކެޓް 3: ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން

3 – ނޭޝަނަލް ސެޓްފިކެޓް 3: ފްރޮންޓް އޮފީސް މެނޭޖްމެންޓް

4 – ނޭޝަނަލް ސެޓްފިކެޓް 3: ގާޑަނިންގް

5 – ނޭޝަނަލް ސެޓްފިކެޓް 3: ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން

6 – ނޭޝަނަލް ސެޓްފިކެޓް 3: މެސަންރީ

7 – ނޭޝަނަލް ސެޓްފިކެޓް 3: އިލެކްޓްރިކަލް އިންސްޓޯލޭޝަން

އެޗްޑީސީން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށްކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި މި ޕްރޮގްރާމްގެ މުއްދަތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ލިންކުންނެވެ.

https://shorturl.at/IdNSL

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަނީ އެޗްޑީސީއާއި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސްއާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ. އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދު ކުރުމާއި ތަފާތު ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމެވެ.

ތަފާތު ދާއިރާތަކުން ދިވެހީން ތަމްރީނުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުންވަނީ ފިޝަރީޒް ކޮލެޖެއް އެޅުމަށް ވެސް ނިންމާފައެވެ. އަދި އެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޤައުމީ ޔުނިވަސިޓީއާއި ފިޝަރީޒް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން ފިޝަރީޒް ކޮލެޖުގެ ކޯސްތައް އަންނަ އޮގަސްޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-