-Advertisement-

-Advertisement-

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް ޖިނާއީ ކޯޓުން އެދިފައިވާތީ އެ ކޯޓަށް ބިރުދެއްކުމަށް އެމެރިކާއިން ގާނޫނެއް ފާސްކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިސްރޭލުގެ ރައީސް ބެންޖަމެން ނެތަންޔާހު. ފޮޓޯ: އޭޕީ ނިއުސް

ރަފާގައި އިޒްރޭލުން ކުރިއަށް ގެންދާ އުދުވާން ވަގުތުން ހުއްޓާލަން ބުނެ ޖިނާއީ ކޯޓުން ހުކުމެއް ނެރެފައިވާތީ އެމެރިކާއިން އެ ކޯޓަށް ބިރުދެއްކުމަށް ގާނޫނެއް ފާސްކޮށްފިއެވެ.

ނަތަންޔާހޫއާއި ޑިފެންސް މިނިސްޓަރު ޔީވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް ލޯޔަރުން އެދިފައިވާތީ އެ ކަމުގައި އެހީތެރިވި އެ ކޯޓުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މި ބިލުގައި ބުނެފައިވެއެވެ. އަދި އެ އޮފިޝަލުން އެމެރިކާއަށް އެރުވުން މަނާ ކުރުމަށާއި އެމެރިކާގެ މަސްލަހަތު އޮތް އެއްވެސް ތަނަކަށް ފައިސާގެ މުއާމަލާތެއް ކުރުން ވެސް މަނާކުރުމަށް ބުނެފައިވެއެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އެ މީހުން ގަބޫލު ކުރާ ގޮތުގައި އިޒްރޭލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާއެއް އަދި ނުހިންގާކަމަށެވެ. ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް ލޯޔަރުން އެ ކޯޓުގައި އެދިފައިވާ މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޖިނާއީ ކޯޓަށް ބިރުދެއްކުމުގެ ގާނޫނު ފާސް ކުރީ ގާނޫނު ހަދާ މަޖިލީހުގެ ދަށުން ކުރިއަށް ގެންދާ ކޮމިޓީ – ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހިމެނޭ 155 މެންބަރުންގެ އަގުލަބިއްޔަތަކުންނެވެ. މި ގާނޫނު ފާސްކުރުމާ އެއްކޮޅަށް ވޯޓު ނުދީ ތިބީ 92 މެންބަރުންނެވެ. ކޯޓް ކައުންޓާ އެކްޝަންގެ ނަމުގައި ފާސް ކުރި މި ބިލް ގާނޫނަކަށް ވާނީ މަތިގެ ސެނޭޓުން މި ބިލް ފާސް ކުރީމައެވެ. ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގައި ހިމެނޭ މެންބަރުންގެ ތެރޭގައި އިޒްރޭލަށް ބޮޑު ތާއީދަކާއި ތަރުހީބެއް ދޭ މެންބަރުން ހިމެނުމަކީ މި ފަދަ ބިލެއް ފާސްވި ސަބަބަށް ވިއަސް، ސެނޭޓުން މި ބިލް ފާސްވާނެ ކަމަށް ނުބެލެވޭކަމުގައި މުރާސިލުން ބުނެއެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި ގަސްދުގައި މީހުންނަށް ހަމަލާދީ މެރުމާއި އެ މީހުން ވަޅުލުމާއި ފަސް އަޅާ ފޮރުވުމާއި ކާންބޯން ނުދީ ހިދުމަތްތަކުން މަހުރޫމުން ކުރުވުން ފަދަ ކިތަންމެ ޖަރީމާއެއް އިޒްރޭލުން ހިންގާފައިވާކަން ބައިނަލްއަގުވާމީ މީޑިއާ އިދާރާތަކުގެ އިންވެސްޓިގޭޓިވް ޓީމުތަކުންނާއި މިނިވަން މުސްތަގިއްލު ޓީމުތަކުން ކުރިއަށް ގެންދިޔަ ތަޙުޤީޤުތަކުން އެނގެން އެބަ ހުއްޓެވެ. އަދި މަރާ މީހުން ވަޅުލައިފައިވާ 10 ގަބުރުސްތާނެއް ގާޒާގެ އެކިއެކި ސަރަހައްދުތަކުން ފެނިފައިވާ އިރު މިއީ އިންސާނީ ޙައްޤުތަކާ ވެސް ހިލާފު ހަނގުރާމައިގެ ޖަރީމާތަކެއްކަމުގައި މުރާސިލުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-