-Advertisement-

-Advertisement-

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު ކުރެއްވި ތުހުމަތަށް ޝާހިދު ރައްދު ދެއްވައިފި

ފޮޓޯ؛ ދަ ޓައިމްސް އޮފް އައްޑޫ

މި ދަނޑިވަޅުގައި އާންމުންގެ ހިތްތަކުގައި ފިތުނަ އުފައްދަން ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު މިހެން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށުމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް ތައާރަފް ކުރުމުގެ މަސައްކަތުގެ ފަހަތުގައި ވަނީ ޝާހިދުކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ޝާހިދުގެ ޕޯސްޓްގައި ޝާހިދު ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން އެ އުޅުއްވަނީ އަމިއްލަފުޅު ސިޔާސީ މަގްސަދެއް ހާސިލު ކުރައްވާށެވެ. ފަލަސްތީނުގެ ދިފާއުގައި މުޅި ދިވެހި ގައުމު އެކަތިގަނޑަކަށްވެފައިވާ މި ދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށްވެ ހުންނަވައިގެން ފިތުނައާއި ދޮގު ފަތުރައި ދިވެހި ސަފުތައް ބައިބައި ކުރަން ކުރާ މަސައްކަތް ހުއްޓާލަން ޝާހިދު ވަނީ އިލްތިމާސްކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-