-Advertisement-

-Advertisement-

ފުވައްމުލަކު ސިޓީގައި ޑައިވީނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

މަސްވެރިން

ފުވައްމުލަކު ސިޓީގައި ޑައިވީނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މިއަދު ފުވައްމުލަކު ސިޓީގައި ހިނގާދިޔަ މިހާދިސާގައި މަރުވެފައިވަނީ 70 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

ޓައިގާ ޝާކް ޕޮއިންޓަށް ޑައިވީނަށް ދިޔަ ފަތުރުވެރިއަކު ޑައިވިން ނިންމުމަށްފަހު، ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ފުވައްމުލައް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 11:26 ހާއިރު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ފުވައްމުލަކު ހޮސްޕިޓަލަށް ހަވާލާދީ ފުލުހުން ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-