-Advertisement-

-Advertisement-

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ނިހާން ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ކުރީގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހަމަޖައްސައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙިމް އަބްދުﷲ  ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބއުރޯ ޗީފަކަށް ނިހާން ހަމަޖައްސައިފައިވަނީ ޕާލަމެންޓްރީ ސާވިސް ގަވައިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށް މީޑިއާއަށް ފޮނުވި މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އިދާރާއިން ބުނެފައިވެއެވެ.

ނިހާން ބިއުރޯގެ މަސައްކަތްތަކަށް އިއްޔެ ނިކުމެވަޑައުގެންފައިވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-