-Advertisement-

-Advertisement-

ޙައްޖުމަހުގެ ހަނދު ފެނިއްޖެ: ޢީދު އަވަސްވެއްޖެ!

ފޮޓޯ: ސައުދީ ގެޒެޓް

ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ ހަނދު ފެނުމާއި އެކު، މާދަމާ އަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ހައްޖުމަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިޢާޔަތްކޮށް، މި އަހަރުގެ ހައްޖު މަހުގެ 1 ވަނަ ދުވަހަކީ ހަތެއް ޖޫންވާ ހުކުރު ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ފޮނުއްވެވި މެސެޖެއްގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މި ހިނގާ ޖޫން މަހުގެ 15 ވާ ހޮނިހިރު ދުވަހަކީ މިއަހަރުގެ ޢަރަފާތު ދުވަސް ކަމަށާއި 16 ޖޫންވާ އާދިއްތަ ދުވަހަކީ އަޟްހާ ޢީދު ދުވަސް ކަމަށް މިވަނީ ކަނޑައަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-