-Advertisement-

-Advertisement-

ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހުޅުވައިފި

ފޮޓޯ: ސަންއޮންލައިން

ހއ. ހޯރަފުށީގައި ކެމްބްރިޖް އާއި ގުޅިގެން އެވިޑް އިންޓަނޭޝަނަލް ސުކޫލުގެ ނަމުގައި އިންޓަރނޭޝަނަލް ސްކޫލެއް ގާއިމްކޮށްފިއެވެ.

ހޯރަފުށީގައި ގާއިމް ކުރެވުނު މި ސްކޫލަކީ ހއ. އަތޮޅުގައި ކެމްބްރިޖް އާއި ގުޅިގެން އެވިޑް އިންޓަނޭޝަނަލް ސުކޫލުގެ ނަމުގައި ގާއިމުކުރެވުނު ފުރަތަމަ ސްކޫލެވެ.

ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީގެ ކުލާސްތަކަށް އެންމެ ފުރަތަމަ ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، ކުރީގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަކީ މި ސުކޫލު ހޯރަފުށީގައި ގާއިމުކުރުމަށް މަސައްކަތްކުރައްވައި އެހީތެރިކަން ދެއްވި އެންމެ އިސް ފަރާތްކަން ފާހަގަކުރެވެއެވެ.

ހއ. އަތޮޅު ކައުންސިލުން ސްކޫލުގެ އިމާރާތާއި އައުޓްޑޯ ޕްލޭ އޭރިއާގެ ތަކެއްޗާއި ފަރުނީޗަރު ހޯދާފައިވާއިރު، ސްކޫލު ހިންގުމުގައި ވެސް ކައުންސިލުން އެހީތެރިވެދޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން އަދި އެވިޑް އިންޓަނޭޝަނަލް ސްކޫލުގެ މަސްޢޫލުވެރިޔާ އަބްދުﷲ މުޝްތާޤް ރަޝާދު ވިދާޅުވި ގޮތުގައި އިންޓަރނޭޝަނަލް ސްކޫލްތައް ނެތް އާބާދީ ބޮޑެތި ރަށްތަކުގައި ވީއެންމެ އަވަހަކަށް މިހިދުމަތްތައް ފުޅާކުރާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މިސްކޫލުތަކުން ގްރޭޑް ލެވެލްއަށް ވެސް ކިޔެވޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-