-Advertisement-

-Advertisement-

ފާއިތުވި ދެ މަހު ކަސްޓަމްސިން ހިފެހެއްޓި މަސްތުވާތަކެތީގެ އަގު 17 މިލިއަނަށް އަރާ

އެޕްރީލް 2024 – މޭ 2024 އާ ދެމެދު ވައިގެ މަގުން އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓި މަސްތުވާތަކެތީގެ ތަފާސް ހިސާބު. ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފާއިތުވި ދެ މަސްދުވަހު ވައިގެ މަގުން ޖުމްލަ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާކަމަށް ކަސްޓަމްސިން ހާމަކޮށްފިއެވެ.

ކަސްޓަމްސިން އިއްޔެ އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާ އިރު މޭ މަހުގެ 5 ވަނަ ދުވަހު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯންގެ 1690 ގްރާމް ރާއްޖެ ގެނެސްފައިވެއެވެ. އަދި އެ މަހުގެ 25 ވަނަ ދުވަހު ހެރޮއިންގެ 300 ގްރާމް ގެނެސްފައިވެއެވެ. މީގެ އިތުރުން އޭޕްރީލް މަހުގެ ދެވަނަ ދުވަހު 5670 ގްރާމްގެ ކޮކެއިން ވަނީ ރާއްޖެ ގެނެސްފައެވެ. ހަމަ އެ މަހުގެ ނުވަވަނަ ދުވަހު 180 ގްރާމްގެ ސިންތެޓިކް ކެތިނޯން ގެނެސްފައިވާކަމަށް ކަސްޓަމްސިން ހާމަކުރެއެވެ.

މި ތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރުން އަދި ކުރިއަރު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތައް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސިން ހާމަކޮށްފައިވެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 17.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސިން ލަފާ ކުރެއެވެ.

މި ތަކެތި މިހާރު ވަނީ އިތުރަށް ތަޙުޤީޤު ކުރުމަށް ފުލުހުންނާ ހަވާލު ކުރެވިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-