-Advertisement-

-Advertisement-

ދިވެހިންނަށް އެއްވެސް ދަތިކަމެއް ނެތި ވިސާ ލިބޭނެކަމުގެ ޔަގީންކަން ލަންކާއިން ދީފި

ފޮރިން މިނިސްޓަރު ޒަމީރާއި ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާ ދެމެދު ބޭއްވި ބައްދަލުވުން. ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ޓިރަން އަލެސްއާ ބައްދަލު ކުރައްވާ ކުރިއަށް ގެންދެވި މަޝްވަރާގެ ތެރެއިން މިހާރެކޭ އެއްފަދައިން ސްރީ ލަންކާއަށް ދަތުރު ކުރާ ދިވެހިންނަށް އެއްވެސް ދަތިކަމެއް ނެތި ވިސާ ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން އަރުވައިފިއެވެ.

ސްރީލަންކާއަށް ދަތުރު ކުރާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައި، އެ ކަން ލިޔުމުން ޔަގީންކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

މިނިސްޓަރުގެ މި ބައްދަލުވުމުގައި ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރު ކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް މިނިސްޓަރ ޒަމީރު ވަނީ ލަންކާގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި އެ ކަމަށް އަވަސް ހައްލެއް ހޯއްދަވާދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ.

“އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގުފަހިކޮށްދެއްވައި، އެ ކަން ލިޔުމުން ޔަގީން ކޮށްދެއްވައިފަ” އެ ބަޔާނުގައިވެއެވެ.

ލަންކާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީއަށް އެކަށީގެންވާ ހައްލެއް ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން ވެސް ލަންކާ ސަރުކާރުން ދިން ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާ ގެ ރައީސް ރަނިލް ވިކްރަމަސިންގްއާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރުދަނާ ވެސް މިނިސްޓަރ ޒަމީރު ބައްދަލު ކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-