-Advertisement-

-Advertisement-

މި އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފި

ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް. ފޮޓޯ: އެޑިޝަން.އެމްވީ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދައްކާ ނިންމައިފިއެވެ.

ލޯނުތައް ހިމެނޭހެން ދައުލަތުން ނަގާފައިވާ ދަރަނީގެ އިންޓްރެސްޓަށް

އިންޓްރެސްޓް ހިމެނޭހެން ދައުލަތުން ނަގާފައިވާ ދަރަންޔަށް 5.2 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެގޮތުން ލޯނުގެ އިންޓްރެސްޓާ އެކު މި އަހަރުގެ މިހާތަނަށް ވަނީ 1.6 ބިލިއަން ރުފިޔާ ދައްކައިފައިކަމަށް އެ މިނިސްޓްރީން ބުނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލޯނު ދެއްކުމަށް މި އަހަރު 2.2 ބިލިއަން ރުފިޔާ ހޭދަވާނެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު، ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ބެލެވޭ ގޮތުގައި މިހެން ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެތެރޭގެ ދަރަނި އިތުރުވުމެވެ. މި އަހަރުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މި ދައުރުގައި އެންމެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދެއްކުމަށް ސަރުކާރުން ރާވާފައި އޮތީ 2026 ބަނަ އަހަރެވެ. އެއީ 15 ބިލިއަން ރުފިޔާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-