-Advertisement-

-Advertisement-

ކެއުމާއި ދިރިއުޅުމުގެ އާދަތަކުން ދިފާއީ ނިޒާމަށް ކުރާ އަސަރު ދެނެގަންނަމާ

ކޮންމެ ދުވަހަކުވެސް އަހަރެމެންގެ ހަށިގަނޑު އެތައް ގިނަ ޖަރާސީމަކަށް ހުށަހެޅެއެވެ. މިފަދަ ހުރިހާ ޖަރާސީމުތަކުނެ ދިފާއުކޮށްދީ އޭގެ ޒަރީއާއިން ޖެހިދާނެ ބަލިތަކާއި އަލާމާތްތަކުން އަހަރެމެންގެ ހަށިގަނޑު ރައްކާތެރިކޮށްދެނީ އަހަރެމެންގެ ދިފާއީ ނިޒާމެވެ. އަހަރެމެންގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމް ބެހެނީ 2 ބަޔަކަށެވެ. އެއީ އިނޭޓް އަދި އެޑެޕްޓިވްއެވެ. އިނޭޓް އަކީ ދިފާއީ ނިޒާމުގެ ފުރަތަމަ ފަށަލައެވެ. އެޑެޕްޓިވް އަކީ ޕެތޯޖަން އެއް ނުވަތަ އިންފެކްޝަން އެއް ދެނެގަންނަން ދަސްކުރާ ނިޒާމެވެ.

އަހަރެމެންގެ ކެއުމުގައި ހިމެނޭ ކާނާތަކުން ލިބޭ ނިއުޓްރިއެންޓްސް އަކީ އަހަރެމެންގެ ދިފާއީ ނިޒާމު ބިނާކުރުމާއި ބެލެހެއްޓުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ. މިސާލަކަށް އެމިނޯ އެސިޑަށް ބަލާލަމާ ހެއްޔެވެ. މިއީ ދިފާއީ ނިޒާމުގެ ސެލްތަކުގެ ތެރޭގައި ނައިޓްރިކް އޮކްސައިޑް އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. މިއީ ޖަރާސީމުތަކާއި ދެކޮޅަށް މުހިންމު މޮލިކިއުލްއެކެވެ. ދިފާއީ ނިޒާމުގެ ސެލްތައް ހަލުވިކަމާއިއެކު އާލާވުމުގައި ވިޓަމިން އޭ އާއި ޒިންކް އަކީ ވެސް މުހިންމު މާއްދާތަކެވެ. އަދި ވިޓަމިން ސީ އަކީ ދިފާއީ ނިޒާމުގެ ސެލްތައް ރައްކާތެރިކުރުމަށް އެހީވެދޭ މާއްދާއެކެވެ.

އެހެންކަމުން އަހަރުމެންގެ ކެއުމުގައި މި މާއްދާތައް އެކުލެވޭގޮތަށް މެވާ އާއި ތަރުކާރީ، ގޮވާމާއި ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން މަހާއި ކިރު ހިމެނުމަކީ އަހަރެމެންގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ދިރިއުޅުމުގެ ވައްޓަފާޅިންވެސް ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ދިފާއީ ނިޒާމުގެ ހުރިހާ ބަޔަކަށް އެކަމުން އަސަރުކޮށް މައިގަނޑުކޮށް ދިފާއީ ނިޒާމް ބަލިކަށިކޮށްލައެވެ. ނުވަތަ ބަނގުރާ ބުއިމަކީ ބެކްޓީރިއާގެ ސަބަބުންނާއި ވައިރަސްތަކުގެ ސަބަބުން ޖެހޭ އިންފެކްޝަންތަކުން މީހާ ރައްކާތެރިކޮށްދޭ މިންވަރު ކުޑަވެ އޭގެ އަސަރު ކުރާ ކަމެއްކަމަށް ސިއްހީ ދިރާސާތަކުން ދައްކައެވެ.

ދިރިއުޅުމުގެ އާދަކާދަތަކަށް ބަލާއިރު މީހާއަށް ބޭނުންވާ ވަރަށް ނިދި ނުލިބުމާއި، ކަސްރަތު ނުކުރުމުގެ އިތުރުން މާބޮޑަށް ސްޓްރެސްވުމަކީ ވެސް މީހާގެ ދިފާއީ ނިޒާމަށް އޭގެ ސަބަބުން އަސަރު ކުރާ ކަންކަމެވެ. ބޭނުންވަނީ ކޮންމެ ކަމެއް ފުރިހަމަވެމެއް ވެސް ނޫނެވެ. އަދި މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ އެކި ކަންތައްތަކުގައި މަޝްއުލުވެ އުޅޭއިރު ޤަވާއިދުން ކަންކަން ކުރުމަކީވެސް ގިނަ ފަހަރު އުނދަގޫވެސް ކަންކަމެވެ. އެކަމަކު އަހަރެމެންގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި އަހަރެމެންގެ ދިފާއީ ނިޒާމްގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި މިއީ މުހިންމު ކަންކަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-