-Advertisement-

-Advertisement-

ޝިފަންއާއި ޝަރީފް އޭސީޕީގެ ރޭންކަށް ޕްރޮމޯޓްކޮށްފި

ޝިފާން އަދި ޝަރީފް - ފޮޓޯ/މިހާރު

ދިވެހި ދުލުހުންގެ ޚިދުމަތުގެ  ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފަށް ޕްރޮމޯޝަން ދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރައްވައިފިއެވެ.

މި ދެބޭފުޅުންނަށް ޕްރޮމޯޝަން ދެއްވައި އެކަމުގެ ލިޔުން ދެ ބޭފުޅުންނާއި ހަވާލުކުރެއްވީ، ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އިދާރީގޮތުން ފޮރޮމޯޝަންދެވޭ ފުލުހުންގެ އެންމެ މަތީ މަޤާމަށް މި ދެބޭފުޅުން ބަދަލުކުރެއްވި އިރު އެ މަޤާމުގެ މަތިން ދެން އަންނަ ދެ މަޤާމުކަމުގައިވާ، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ޕޮލިސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ މަޤާމުތަކެވެ.

އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަންވެސް ކުރައްވާފައިފައިވާ ޝަރީފަކީ، ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާއެވެ.

ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރަކީ ޝިފާނެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-