މިއަދު ނޭޝަނަލް ސެންޓަރ ފޯ ދި ހޯލީ ޤުރްއާންއިން ނެރެފައިވާ ބާޔާނެއްގައި ވަނީ އަންނަ އަހަރެ ބޭއްވުމަށް ހަމަޖެހިފައިވާ 36 ވަނަ ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2024 ން 2 މާރިޗު 2024 ގެ ނިޔަލަށްކަމަށެވެ. އަދި މި މުބާރާތުގެ ގަވާއިދު އެ މަރުކަޒުގެ ވެބްސައިޓުގައި ޝާއިރު ކުރެވިފަވާނެކަމަށެވެ.
މި މިބާރާތަކީ މެދުކެނޑުމެއް ނެތި 33 އަހަރު ބާއްވައިފައިވާ މުބާރާތެކެވެ. ކޮވިޑްގެ ބަލިމަޑުކަމާއި އެކު 2020 ވަނަ އަހަރު މުބާރާތް ބާއްވާފައިނުވެއެވެ.