-Advertisement-

-Advertisement-

ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުހާތަބުކުރެއްވުން!

މިއަހަރުގެ ރިޔާސީ އިންތިހާބު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓްގެ ގޮތުގައި ކާމިޔާބުކުރެއްވި ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައި ރައްޔިތުންނާއި މަޤާމާއި ހަވާލުވެލެއްވުމަށްފަހު ފުރަތަމަ ފަހަރަށް ތަގުރީރުކުރައްވަވައިފިއެވެ.

ގައުމު ބިނާ ކުރުމުގައި އުމުރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް އެއްވަރަކަށް އިސްކަން ދެއްވާނެ ކަމަށް ވެރިކަމަށާއި ދިވެހިންގެ އުންމީދުތައް ހާސިލުކޮށްދީ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމުގެ ވިންދު ހިތުގައި ޖަހަމުންދާ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“މިއަދަކީ ވަރަށް ތާރީހީ ދުވަހެއް. މިއަދަކީ ވަރަށް އުންމީދީ ވަގުތެއް. މި މައިދާނަކީ ނަސްރާއި ކާމިޔާބީގެ މައިދާނެއް. އިރާދަކުރެއްވިއްޔާ މިއަދަކީ ޒަމާންތަކަކަށް ފަހު ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ހާއްސަ ދަތުރުގެ ރިޔާ ކޮށާލި ދުވަސް” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒު

ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި ގަދާރާއި އާރާބަރު ނެގެހެއްޓުމަށްޓަކައި ދެ ބާވަތެއްގެ ބިނާ ކުރުމެއް ބިނާ ކުރަން ޖެހޭ ކަމަށާއި އެއީ އުމުރާނީ ބިނާ ކުރުމާއި އިންސާނީ ބިނާ ކުރުން ކަމަށާއި ހެޔޮ ވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ އަހުލާގު ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށާއި ގައުމުގެ ފަސްގަނޑާއި ގައުމުގެ ސިކުނޑިތައް ބިނާ ކުރުމާއި މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ މި ދެ ބާވަތުގެ ބިނާކޮށް ހަމަކޮށް ކުރިއަށްގެންދިޔުންކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އެކަށީގެންވާ ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން އިޖްތިމާއީ މައްސަލަ އާއި ދީނީ، އަހުލާގީ މައްސަލަތައް ދިމާވާ ކަމަށާއި އަދި ގެދޮރުގެ މައްސަލަތަކާ ހެދި ސިއްހީ ގިނަ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބިނާވެއްޓަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-