ހުވާކުރައްވާ ޖަލްސާއަށް ފަހުގައި ރައީސް ޑރ. މުއިއްޒު ވަޑައިގެންނެވީ ޖަމާއަތުގައި މައުރިބް ނަމާދު ކުރެއްވުމަށް އިސްލާމީ މަރުކަޒަށެވެ.
އިމާމްވެ ނަމާދު ކުރެއްވީ އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރައްވާނެ ކަމަށް ބެލެވޭ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ދިވެހިރާއްޖޭގެ 8 ވަނަ ރައީސްގެ މަގާމަށް ހުވާ ކުރެއްވުމަށްފަހުގައި ގައިމާ މިހާތަބް ކުރައްވަމުންވެސް ދީނާއި ގައުމިއްޔަތައް އިސްކަމެއް ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންނެވިއެވެ.
ރައީސް ހުވާ ކުރައްވާފައިވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިއެވެ.