-Advertisement-

-Advertisement-

އަޅުގަނޑު މިސްކިތައް އައި އިރު ރައީސުލްޖުހޫރިއްޔާ ހުންނެވީ ފަތިސް ނަމާދުގެ ބަންގީގެ އިންތިޒާރުގައި –އިމާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަތިސް ނަމާދުއަށް މިސްކިތުގައި. ފޮޓޯ: މުހައްމަދު އަފްޒަލް

އިއްޔެ ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވަނީ ދީނާއި ޤައުމަށް ނުހަނު ބޯލަބާ އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމުގައިއެވެ.

ހަމަ އެކަނި ބަސް ބުނުމުން ހުއްޓާ ނުލައްވާ އަމަލުންވެސް ދަނީ އެކަން ދައްކަމުންނެވެ. އެގޮތުން ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުންވެސް ވިދާޅުވެ ދެއްވީ މިޤައުމުގެ މިނިވަންކަމާއި ދީން ދިފާއު ކުރުމުގައި ދެމިހުންނާނެކަމަށެވެ. އަދި ހުވާ ކުރުމުގެ ޖަލްސާ ނިންމަވާ ލެއްވުމަށްފަހުގައި ވަޑައިގެންނެވީ އިސްލާމީ މަރުކަޒަށް މަޣްރިބް ނަމާދު ޖަމާއަތުގައި ކުރެއްވުމަށެވެ.

ހުވާ ކުރުމުގެ ޖަލްސާ އިންތިޒާމް ކުރައްވުމުން ގެންދެވި އިރުވެސް ރައިސް އިލްތިމާސްކުރަށްވަމުން ގެންދެވީ ނަމާދު ވަގުތަކަށް ފުށޫ ނާރާ ގޮތަށް ހުވާ ކުރުމުގެ ޖަލްސާގެ ކަންތައް ހަމަޖެއްސެވުމަށެވެ.

ރޭ ވިޔަފާރިވެރިންގެ މިސްކިތުގެ އިމާމް މުހައްމަދު އަފްޒަލް ފަތިސް ނަމާދަށް ބަންގި ގޮވުމަށް މިސްކިތައްދިޔަ އިރު ފެނުނު މަންޒަރު އެކްސްގައި ވަނީ ހިއްސާކޮއްފައެވެ. އަފްޒަލް ބުނެފައިވަނީ އޭނާ ފަތިސް ނަމާދު ބަންގިގޮވުމަށް މިސްކިތައް ދިޔައިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ފަތިސް ނަމާދުގެ ބަންގީގެ އިންތިޒާރުގައި މިސްކިތުގައި ކަމަށެވެ. އެންމެ މަތިވެރި މަގާމަކީ މަތްالله އަޅަކަށް ވުމުގެ މަގާމް ކަމުގައިއެވެ.

ދިވެހިރާއްޖޭގެ ދައުލަތާއި ހަވާލުވެލެއްވި ބޭފުޅެއްގެ ކިބައިން މިހާ މާތް ފުރިހަމަ ދީނީ ސިފަތަކެއް ފެނިގެން ދިއުމަކީ ވަރަށް ގިނަ މީހުންގެ ލޯތްބާއި ތާއީދު ރައީސް ޑރ. މުއިއްޒުއަށް ލިބިގެންދިޔަ ސަބަބަކަށެވެ. އަދި ގިނަ މީހުންގެ އުންމީދަކީ ފާއިތުވެ ދިޔަ ސަރުކާރުތަކާ ހިލާފަށް ޑރ. މުއިއްޒުގެ ސަރުކާރުން ތަފާތު ދައްކާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-