-Advertisement-

-Advertisement-

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަމަށް 3 ބޭފުޅެއް ވާދަކުރައްވަނީ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ވާދަކުރައްވާ މެމްބަރުންގެ ނަންތައް އިއުލާނުކޮށް ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި އެވެ. ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަމަށް ވާދަ ކުރައްވަނީ (ކެންޑިޑޭޓު ނަންބަރު ތަރުތީބުން) އަލިފުށި ދާއިރާގެ މެންބަރ މުހައްމަދު ރަޝީދު ހުސައިން (ބިގޭ), އާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް އަދި ކާށިދޫ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރެއްގެ އިންތިހާބު ބާއްވަން ޖެހުނީ އެމަގާމުގައި ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމުންނެވެ. އެމްޑީޕީއިން ޕީޖީ ގްރޫޕުގެ ލީޑަރުގެ އިންތިހާބް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގައިއެވެ.

ހުސްވެފައިވާ ޕީޖީ ލީޑަރުގެ މަގާމަށް މެމްބަރަކު އައްޔަންކުރަން ބާއްވީ އިންތިހާބު އޮންނާނީ ނޮވްމެބަރު 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓުލުން ކުރިއަށްދާނީ އެމްޑީޕީ އޮފީހުގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-