-Advertisement-

-Advertisement-

ކުރީގެ ޑިފެންސް ޗީފް ޝަރަފުވެރިކަމާއި އެކު ރިޓަޔާކުރައްވައިފި!

ކުރީގެ ޑިފެންސް ޗީފް ޝަމާލް ރިޓަޔާ ކުރައްވައިފި

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރައްވައިފިއެވެ.

ލެފްޓިނަންޓް ޖެނެރަލް ޝަމާލް އިއްޔެ ޝަރަފުވެރިކަމާއި އެކު ރިޓަޔާކުރައްވާފައިވާކަން އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރައްވައިފައިވާ ޝަމާލް ވަނީ 25 އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގެއަށް ޚިދުމަތް ކުރައްވައި، ސިފައިންގެ ތާރީޚުގައި ވެސް ލެފްޓިނަންޓް ޖެނެރަލްކަން ލިބިވަޑައިގެން ދެވަނަ ބޭފުޅާއަށްވެ ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފައެވެ. ޝަމާލަށް އެ މަގާމު ލިބިވަޑައިގަތީ މި އަހަރު ތެރޭގައެވެ.

އިއްޔެ އަލަށް ރައީސްކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކުރީގެ ވައިސް ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-