-Advertisement-

-Advertisement-

މިނިސްޓްރީތަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖައްސައިފި

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް ހުވާކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އާ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތަކެއް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އިދާރީ އޮނިގަނޑަށް ގެނެވުން ބަދަލާއި އެކު ސަރުކާރުގެ 22 މިނިސްޓްރީއެއް އޮތް އިރު ކޮންމެ މިނިސްޓްރީއަކަށް ދިވެހި ނަމެއް ވަނީ ކަނޑައަޅައިފައެވެ. އަދި އެއީ:

  1. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ – ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
  2.  މިނިސްޓްރީ އޮފް ޑިފެންސް – ދިފާއީ ވުޒާރާ
  3. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް – ހާރިޖީ ވުޒާރާ
  4. މިނިސްޓްރީ އޮފް ފިނޭންސް – މާލީ ވުޒާރާ
  5. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
  6. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
  7. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ – ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
  8. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ – މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
  9. މިނިސްޓްރީ އޮފް ޓޫރިޒަމް – ފަތުރުވެރިކަމާ ބެހޭ ވުޒާރާ
  10. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން – ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
  11. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
  12. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް – އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
  13. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން – ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
  14. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް- ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ
  15. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
  16. މިނިސްޓްރީ އޮފް އެޑިޔުކޭޝަން – ތައުލީމީ ވުޒާރާ
  17. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
  18. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް – ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
  19. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް – ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ.
  20. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
  21. މިނިސްޓްރީ އޮފް ހެލްތް – ސިއްހީ ވުޒާރާ
  22. އެޓާނީ ޖެނެރަލްގެ އޮފީސް – ބަންޑާރަ ނައިބުގެ އޮފީސް

މިއީ ފަހުގެ ތާރީހުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ދިވެހި ނަންތަކެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-