-Advertisement-

-Advertisement-

ސްޓާޝިޕްގެ ދެވަނަ ޓެސްޓް: ޝިޕް ހަލާކުވި ކަމުގައިވިޔަސް ބޭނުންތެރި ޑޭޓާތަކެއް

ސްޕޭސްއެކްސްގެ ސްޓާޝިޕްގެ ދެވަނަ ޓެސްޓް ފުލައިޓް މިއަދު ރާއްޖެގަޑިން ހަވީރު 6 ޖެހިއިރުގައި ކުރިޔަށްގެންގޮސްފިއެވެ.

އީލަން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން ފަރުމާކޮށް ޓެސްޓުކުރަމުންދާ ޖައްވީ އުޅަދު ސްޓާޝިޕް އަކީ މާސްގައި އިންސާނުން ދިރިއުޅުމަށް ތަކެއްޗާއި އިންސާނުން ގެންދިއުމަށް ތައްޔާރުކުރަމުންދާ އުޅަދެކެވެ.

މިއަދު ކުރިޔަށްދިޔަ މި ޓެސްޓް ފުލައިޓް މުޅި ޖުއްލަގޮށް ފެއިލް ވިކަމުގައި ވިޔާސް، ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިއެވެ. އީލަން މަސްކުގެ ނަޒަރުގައި އިންޖިނިޔަރިންގެ މައްސަލަތައް އެންމެ ފަސޭހަ ހައްލުކުރެވޭނީ ގިނައިން ޓެސްޓުކޮށް ގޯސްކޮށް ހުރި ކަންތައް ހޯދާ ރަނގަޅުކޮށް، އަނެއްކާވެސް ޓެސްޓުކުރުމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ފުލައިޓުގައި ނާކާމިޔާބު ވި ވަރަށް ގިނަ ކަންތައްވަނީ މިފަހަރުގެ ޓެސްޓު ފުލައިޓްގައި ރަނގަޅުކޮއްފައިވެއެވެ. މިއަހަރު އޭޕްރީލް މަހު ބޭއްވި ފުރަތަމަ ޓެސްޓުގައި ލޯންޗިންގ ޕެޑް އެއްކޮށް ހަލާކުވެފައިވެއެވެ. އަލުން ރީއިންޖިނިއަރ ކޮށް މިހާރު ލޯންޗިންގ ޕެޑްވަނީ ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ވަރުގެ ވަރުގަދަ ތަނަކަށް ހަދާފައިއެވެ.

ފުރަތަމަ ޓެސްޓު ފުލައިޓްގައި ގާތްގަނޑަކަށް 4 މިނިޓް ތެރޭގައި އަލިފާން ރޯވެ ވައިގެ ތެރޭގައި އެއްކޮށް ގޮވައިފައެވެ. ނަމަވެސް މިއަދުގެ ފްލައިޓްގައި ތާވަލް ކޮއްފައިވާ ވަގުތުގައި ދެވަނަ ސްޓޭޖު (ރޮކެޓް) ތަކުގެ އިންޖީނުގަތް ނިވި، ފުރަތަމަ ސްޓޭޖު (ސްޓާޝިޕް) އާއި ވަކިވެ އަނބުރާ ދުނިޔެއަށް މިސްރާބު ޖަހާފައެވެ. ނަމަވެސް ސްޓާޝިޕްއާއި ވަކިވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޮކެޓްގައި އަލިފާން ރޯވެ ވަނީ ވައިގެ ތެރޭގައި ގޮވާފައެވެ.

ސްޓާޝިޕްވަނީ 8 މިނިޓް ވަންދެން ޕްރޮޖެކްޓް ކޮއްފައިވާ ރޫޓުގައި ދަތުރުކޮއްފައިއެވެ. ނަމަވެސް އޭގެ ފަހުން ވަނީ ވައިގެ ތެރެއަށް ގޮވައިފައެވެ.

ރޮކެޓާއި ޝިޕް އެކީ ހަލާކުވި ކަމުގައިވިޔަސް ސްޕޭސްއެކްސް ކުންފިނިއަށް މިޓެސްއިން ވަަރަށް ބައިވަރު ބޭނުންތެރި ޑޭޓާ ލިބިފައިއެވެ. މި ޑޭޓާގެ އެހީގައި ދެން އޮންނަ ޓެސްޓު ފުލައިޓަށް ރަނގަޅު ކުރަންވީ ކަންތައް ބަލައި، ދިމާވި މައްސަލަތައް ހައްލުކޮށް ތައްޔާރުވާނެއެވެ.

އީލަން މަސްކް އާއި ނާސާއިންވެސް ވަނީ މިއަދުގެ ޓެސްޓެ ފުލައިޓަށް ސްޕޭސްއެކްސްގެ ޓީމަށް މަރުހަބާ ކިޔާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-