-Advertisement-

-Advertisement-

ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކީ ހައްޖު ކޯޕަރޭޝަންގެ ދަށުން ހައްޖަށް މީހުން ފޮނުވުން – ވަޒީރު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ, ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކީ ހައްޖަ ފޮނުވަން ކޮންމެ އަހަރަކު ލިބޭ ހުރިހާ ކޯޓާއެއް ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަނަށް ދިނުން ކަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ, ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށް، އެ ކުންފުނި އުފެއްދުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޝަހީމް ވިދާޅުވި އެވެ.

“މިއީ މާލީ ކަމެއް. ފައިސާއާ ގުޅޭ ކަމެއް ވީމާ، ކުއްލި ހައްލެއް ނާންނާނެ. ވަގުތު ބޭނުންވޭ. މަޝްވަރާ ކޮށްގެން ރަނގަޅު ހައްލަކަށް ދިޔުމަށް، އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،” އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ހައްޖަށް ގެންދިއުމަށް ރައްޔިތުންގެ އަތުން މާ ގިނަ އަދަދެއްގެ ފައިސާ ނެގުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

މިއަހަރުވެސް ހައްޖައް ގެންދިޔަ ބައެއް ގްރޫޕްތަކުން ބިޑް ކުރި އަދަދުގެ ދެގުނަ ރައްޔިތުގެ އަތުން ނަގައި ހައްޖަށް ގެންގޮސްފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-