-Advertisement-

-Advertisement-

100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން: ހަލީލު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ގުނާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

172 މަޝަރޫއަކަށް 250 މިލިއަން ރުފިޔާގެ ބަޖަޓެއް ކަނޑައަޅާފައިވާ ރައީސް ޑރ. މުއިއްޒުގެ 100 ދުވަހުގެ ޕްލޭން (ހަފުތާ 14)ގައި ވަނީ ހިމަނާފައެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ފުރަތަމަ 100 ދުވަހުގެ ޕްލޭން ތަންފީޒު ކުރުމުގައި ގުނާފައި ވަނީ ބަންދު ދުވަސްތައް ނުހިމަނައެވެ. އެހެންވެ، ޕްލޭންގައިވާ މަޝްރޫއުތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުނިންމި، ދުވަސް އިތުރުވެގެން ގޮސްފައިވެއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތު އެކަމުގައި މުޅިން ތަފާތެވެ. ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވީ މި ސަރުކާރުގެ “14 ހަފުތާގައި” ހިމެނެނީ ޖުމުލަ 98 ދުވަސް ކަމަށާއި އެ ޕްލޭނުގައި ހިމަނާފައިވާ މަޝްރޫއުތައް ކަނޑައަޅާފައިވާ ބަރާބަރު މުއްދަތަށް ނިންމަން މަސައްކަތް ކުރައްވާ ކަމަށެވެ.

” އަޅުގަނޑުމެން އެ ޕްލޭނުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން” –  އިބްރާހިމް ހަލީލު

” އަޅުގަނޑުމެން އެ ޕްލޭނުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން” – އިބްރާހިމް ހަލީލު

ރައީސް މުއިއްޒުގެ 100 ދުވަހުގެ ޕްލޭން މިދިޔަ ބުދަ ދުވަހުގެ ރޭ އިއުލާން ކުރިއިރު ޕްލޭންގައި މައިގަނޑު ގޮތެއްގައި ހިމަނާއިފައިވަނީ:

މިނިވަންކަމާއި ސިޔާދަތު

އިސްލާމްދީނާއި ގައުމިއްޔަތު

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ

އިގުތިސޯދާއި ތިމާވެށި

އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު

ސީއްހީ ދުޅަހެޔޮ ކަމާއި އޯގާތެރި މުޖުތަމައު

ތައުލީމާއި ތަމްރީން

ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު

ބޯހިޔާވަހިކަމާއި އިގުތިސޯދާއި ތިމާވެށީގެ އިތުރުން ސިއްހީ ދުޅަހެޔޮކަމަށް އެ ޕްލޭނުގައި އިސްކަމެއްދީފައިވެއެވެ. ގަޑިބުރު ހުޅުވަން ރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާޏުގެ އަމާޒަކީ ކުރީ ސަރުކާރުން މަޑުމަޑުން ކުރަމުން އައި މަސައްކަތްތައް ބާރު ސްޕީޑަކަށް ބަދަލުކޮށް ހިނގުން ހަލުވި މިނެއްގައި ގެންދިއުން ކަމަށެވެ،

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-