-Advertisement-

-Advertisement-

ބަނޑުލަނީ ކީއްވެ؟ އަދި މިކަމުން ސަލާމަތްވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ހަށިގަނޑުގެ ބަނޑުގެ ސަރަޙައްދުގައި ސަރުބީ ޖަމާވުމަކީ ގިނަ ބަޔަކަށް ދިމާވާ އެއް އުނދަގުލެވެ. މިކަމާ ގުޅިގެން ރަޝިޔާގެ ނިއުޓްރިޝަން މާހިރަކު ކަށަވަރުކޮށްދިން ގޮތުގައި ބަނޑާއި ކަކުލާއި ބުރަކަށީގައި ސަރުބީ ޖަމާވުން އާންމުކޮށް ދިމާވަނީ މާގިނައިން ކެއުމުގެ ސަބަބުން ކަމަށާއި، ސަރުބީ ގިނައިން ހުންނަ ކާނާގެ ސަބަބުން ނޫން ކަމަށެވެ.

ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑރ.ރޯމަން ޕެޝްނިޔާކޯވް އިޝާރާތް ކުރެއްވި ގޮތުގައި ފެޓީ ކާނާ ކެއުން މަދުކުރުމުން ހަގީގަތުގައި ހަށިގަނޑަށް ލިބޭ ކެލޮރީ މަދުވެއެވ.  މިސާލަކަށް އެއް ގްރާމް ފެޓްގައި 9 ކެލޮރީ ހިމެނޭއިރު، އެއް ގްރާމް ޕްރޮޓީން ނުވަތަ ކާބޯހައިޑްރޭޓްގައި 4 ކެލޮރީ ހިމެނެއެވެ. ނަމަވެސް ސަރުބީ މަދު ކާނާ ކެއުމުން ވެސް ބަރުދަން އިތުރުވެދާނެ އެވެ.

ރަޝިޔާގެ ނިއުޓްރިޝަން މާހިރު ވިދާޅުވާ ގޮތުގައި ފޮނި ކާނާގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި މޭވާ ކެއުމަކީ ވެސް ބަރުދަން އިތުރުވާ ކަމެކެވެ.  މިސާލަކަށް އަންހެނަކު އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޖިސްމާނީ ހަރަކާތްތަކަށް ބަލާއިރު ދުވާލަކު އެވްރެޖްކޮށް އެންހާސް ތިންސަތޭކަ ކެލޮރީ ލިބެންޖެހޭނެއެވެ. މައިގަނޑު ކެއުންތަކަށް ރިއާޔަތް ނުކޮށް، ދެ ދޮންކެޔޮ އާއި 300 ގްރާމް އަނބު ކެއުމުން ދުވާލަކު ބޭނުންވާ ކެލޮރީގެ ދެބައިކުޅަ އެއްބައި ލިބެ އެވެ.

ނިއުޓްރިޝަން މާހިރު ވަނީ ސަރުބީ ނެތި ހަށިގަނޑުގެ މަސައްކަތްތައް ނުހިނގާނެކަން ކަށަވަރުކޮށްދީފައެވެ.  އެހެނީ މެޓަބޮލިޒަމް ޕްރޮސެސްގައި ސަރުބީ ބައިވެރިވެއެވެ. ޓެސްޓޮސްޓިރޯން ފަދަ ހޯރމޯންތައް އުފެއްދުމާއި، ވިޓަމިން އޭ، ޑީ، އީ، އަދި ކޭ ހަށިގަނޑުގެ އެތެރެއަށް ދަމާއިގަތުމުގެ އިތުރުން ދިފާޢީ ނިޒާމާއި ލޮލުގެ މަސައްކަތްތަކަށް ވެސް ސަރުބީ ބޭނުންވެއެވެ.

ރަޝިޔާގެ ނިއުޓްރިޝަން މާހިރު ފާހަގަކުރެއްވި ގޮތުގައި “ސިއްހަތަށް ފައިދާހުރި” ފެޓްސް ހުންނަނީ މަހާއި ތަރުކާރީއާއި ތެލާއި ނާޓްސްގައެވެ. ސޮސެޖް، ބަރގަރ، މާޖަރީން، އަދި ޕޭސްޓްރީ އަށް ބަލާއިރު، އެއީ ލޭހޮޅިތަކުގެ ސިއްހަތާއި އެވްރެޖްކޮށް ދިގު މުއްދަތަކަށް ނޭދެވޭ އަސަރުކުރާ “ނުބައި” ސަރުބީތަކެކެވެ.

އާންމު ގޮތެއްގައި މީހަކަށް ބޭނުންވަނީ، އެވްރެޖްކޮށް، ދުވާލަކު ގާތްގަނޑަކަށް 200 ގްރާމް މަސް ނުވަތަ މަހާއި، މޭޒުމަތީ ސަމުސާއެއް ތަރުކާރީ ތެލާއި، ދިހަ ނާޓްސް އަދި 400-500 ގްރާމް ތަރުކާރީއާއި މޭވާ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-