-Advertisement-

-Advertisement-

ހައްގުތަށް ކަށަވަރު ކުރުމަށް “އޮފީސް ފޮރ ސިވިލް ރައިޓްސް” އުފައްދަވައިފި

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް, ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް, ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި, ނައިބު ރައީސުން އަދި 48 ގައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައި. ފޮޓޯ: ނިއުސްލެބް

ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން “އޮފީސް ފޮރ ސިވިލް ރައިޓްސް” އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުގައި އަލަށް ހަތަރު ތަނެއް އިއްޔެ އުފައްދަވާފައިވެއެވެ. އެއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެނޑް އާޓްސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އިތުރުން އޮފީސް ފޮރ ސިވިލް ރައިޓްސެވެ.

“އޮފީސް ފޮރ ސިވިލް ރައިޓްސް” ނަމުގައި އައު އިދާރާއެއް އުފައްދަވާފައިވާއިރު ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އިދާރާއެއް އުފައްދަވާނެ ކަމުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޑރ. މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ރ. ހުޅުދުއްފާރުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭން ބޭނުންވާކަމަށާއި އެހެންކަމުން ހައްގެއް ނުލިބިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާއެއް ހައްލުކުރަން ހާއްސަކޮށްގެން އިދާރާއެއް އުފައްދަވާނެކަމަށް ވަނީ ވައުދުވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-