-Advertisement-

-Advertisement-

އިންތިގާލީ އިންސާފު އޮފީހުގެ ލިޔުންތައް ހަވާލުކުރަން އަންގައިފި!

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެމުއްދަތު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އެ އޮފީސް އުވިގެންދާއިރު އޮފީހުގެ ހަރު މުދަލާއި ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީއާ ހަވާލުކުރަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށް އެއޮފީހުން ނެރުން ބަޔާނުގައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯދައިދނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދެވި މުއައްސަސާއެކެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުވިގެންދިޔައިރު އެ އޮފީހާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގެ ޓީމެއް މިމަހުގެ 10 ވަނަ ދުވަހު އެ އޮފީހަށް ވަދެ ބަލައި ފާސްކޮށް ބައެއް ލިޔެކިޔުންތައް ކޮމިޝަނުން ގެންގޮސްފައި ވަނިކޮށެވެ. އަދި އެ އޮފީހާ ގުޅޭ ގިނަ މައްސަލަތެކެއްގެ ތުހުމަތުކޮށް ނޮވެމްބަރު 13، ގައި އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވަނީ އެ މަގާމުން އިސްތިއުފާ ވެސް ދެއްވާފާއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކޮށް އާންމުންނަށް މައްސަލަ ހުށަހެޅުމުގެ މުއްދަތުގައި ޖުމްލަ 489 މައްސަލައެއް ހުށަހަޅާފައި ވެއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އޭގެ ތެރެއިން 100 މައްސަލައެއް ނުނިންމާ އޮތްކަން ވަނީ ހާމަވެގެންގޮސްފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-