-Advertisement-

-Advertisement-

ކްރިކެޓް ވޯލްޑް ކަޕް: ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި އިންޑިއާ ބަލިކޮށް ވޯލްޑް ކަޕް އޮސްޓްރޭލިޔާއަށް

ކްރިކެޓް ވޯލްޑްކަޕްގެ ހޯސްޓިން ނޭޝަން އިންޑިއާ ބަލިކޮށް އޮސްޓްރޭލިޔާއިން ވޯލްޑް ކަޕް ކާމިޔާބު ކޮއްފިއެވެ. ގާތްގަނޑަކަށް 100,000 އިންޑިއާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗް އޮސްޓްރޭލިޔާއިން ކާމިޔާބުކޮއްފައިވަނީ 6 ވިކެޓުންނެވެ. ޓޮސް ދިމާވުމުން އިންޑިޔާ އިން ގަސްދުކުރީ ބެޓް ކުރާށެވެ. އެގޮތުން 50 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވި އިރު ހެދުނީ 240 ލަނޑެވެ. ބަދަލުގައި އޮސްޓްރޭލިޔާ އިން ކުޅެން ނިކުމެ 43 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވިޔަސް 241 ރަން ހަދާ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، ބާކީ 7 އޯވަރު އޮތެވެ.

އިންޑިއާއިން 12 އަހަރު ކުރަމުންދިޔަ އިންތިޒާރުގެ ނިމުން ނިމިގެންދިޔައީ ވަރަށް ހިތިކޮށެވެ. 2011 ވަނަ އަހަރު އިންޑިއާއިން އެގައުމައު ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރިފަހުން އަދި ތަށި އުފުލާލުމުގެ ފުރުސަތެއް އިންޑިއާ އަކަށް ލިބިފައިނުވެއެވެ.

އޮސްޓްރޭލިޔާ އަކީ ވޯލްޑް ކަޕްގައި ވަރަށް ކާމިޔާބު ގައުމެކެވެ. މިހާތަނަށް 5 ފަހަރު ތަށި ކާމިޔާބުކޮށް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމުގެ ޝަރަފް ލިބިފައިވަނީ އޮސްޓްރޭލިޔާއަށެވެ. އަދި މިއަދުގެ މޮޅާއި އެކުގައި މި ރިކޯޑް އަނެކާވެސް އާވެގެންދިޔާއީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-