-Advertisement-

-Advertisement-

ރަނގަޅީ ފެނުކެއްކި ބިހެއްތަ ނޫނީ ބިސްގަނޑެއްތަ؟

ބިހަކީ ހަކަތައާއި ޕްރޮޓީންސް އިން ފުރިފައިވާ އެއްޗެކެވެ. ގިނަ ފަހަރަށް ގައިގެ މަސްތައް އިތުރު ކުރުމަށް އެހީތެރިވެދޭ ކާނާއެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ނަމަވެސް، ބިސް ކެއުމުގެ ރަނގަޅު ގޮތަކީ ފެނު ކައްކައިގެން ނުވަތަ ބިސްގަނޑެއްގެ ގޮތުގައިތޯ ދެބަސްވާ ފަރާތްތައްވެސް އުޅެއެވެ. ދެ ގޮތަކީގެވެސް އަނގަޔަށް މީރު ތައްޔާރު ކޮށްލަން ފަސޭހަ ދެ ގޮތްނަމަވެސް، ސުވާލަކީ މިތަނުން އެންމެ ބޮޑަށް ބިހުގެ ނިއުޓްރިއަންޓްސް އޭގައި ހުންނާނީ ކޮން ގޮތަކަށް ކެއްކުމުން ހެއްޔެވެ؟ މިސުވާލަށް ޖަވާބެއް ލިބިފައިވަނީ ސްޕެޝަލައިޒްޑް މެޑިކަލް ވެބްސައިޓް “އޮންލީމައިހެލްތު” އިން ޝާއިޢުކޮށްފައިވާ އާ ރިޕޯޓަކުންނެވެ.

ގިނައިން ނިއުޓްރިއަންޓްސް ހިމެނެނީ ކޯންޗެއްގައި؟
އެމެރިކާގެ ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ހަރުކޮށް ކައްކާފައިވާ ބިހަކީ ވިޓަމިން ބީ12، އޭ އަދި ޑީގެ އިތުރުން ދަގަނޑު، ކެލްސިއަމް، މެގްނީޒިއަމް އަދި ޒިންކް ފަދަ މައުދަންތައް ހިމެނޭ ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓްސް ލިބިދޭ ސުޕާފުޑްއެކެވެ. އަދި މިވައްތަރުގެ ބިހުގައި ހިމެނޭ އެންޓިއޮކްސިޑަންޓްސްގެ ސަބަބުން އުމުރުން ދުވަސްވުމުން ލޮލަށް ލިބޭ ގެއްލުންތައް މަދުކޮށްދޭން އެހީތެރިވެދެއެވެ. މީގެ އިތުރުން، މި ބިސްގަނޑަކީވެސް އޭގެ ޒާތުގައި ނިއުޓްރިޝަން ގިނަ އެއްޗެއް ނަމަވެސް ބިސްގަނޑު އެޅުމުގައި ބޭނުން ކުރެވޭ ތެޔޮ ނުވަތަ ބަޓަރ ގެ ސަބަބުން ކެލޮރީއާއި ފެޓްސް އިތުރު ކޮށްދެއެވެ.

ކޮން އެއްޗެއްގައި ކެލޮރީ ގިނައިން ހުންނަނީ؟
ޔޫ.އޭސް ޑިޕާރޓްމެންޓް އޮފް އެގްރިކަލްޗަރ (ޔޫއެސްޑީއޭ) އިން ބުނާ ގޮތުގައި ބިސްގަނޑަށްވުރެ ބޮޑަށް، ފެނު ކެއްކި ބިހުގައި ކެލޮރީ މަދެވެ. މިއީ ކެލޮރީއަށް ބަލާ ފަރާތްތަށް ބިސްބޭނުން ކުރަމުގައި ސަމާލުކަންދޭންޖެހޭ ކަމަކަށްވާނެއެވެ.

ކޮލެސްޓްރޯލް އިތުރުވަނީ ކޮން އެއްޗެއްގައި؟
ފެނު ކެއްކި: ކައްކާފައި ހުންނަ ބިހުގެ ގޮބޮޅި ހިމެނޭގޮތަށް ކާނަމަ ކޮލެސްޓްރޯލްގެ އިންސައްތަ އިތުރުވާ ކަމަށް ދައްކައެވެ. ނަމަވަސް ހާވަޑް ހެލްތު ޕްރެސް އިން ފާހަގަކޮށްފައިވާ ގޮތުގައި ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އަހަރެމެންގެ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް އުފެދެނީ ފުރަމޭއިން އަހަރުމެންގެ ކެއުމުގައި ހިމެނޭ ސެޗުރޭޓެޑް އަދި ޓްރާންސް ފެޓް ބަދަލު ވުމުންނެވެ. މިފަދަ ޑައިޓޭރިއަން ކޮލެސްޓްރޯލްގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރަށް މާބޮޑު އަސަރެއް ނުކުރާނެއެވެ.  އެހެންކަމުން މިއީ ނުރައްކާތި ބަލިތައް ކަމަށްވާ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ފަދަ ހިތުގެ ބަލިތަކާއި ސީދާ ގުޅުން ހުރި ކަމެއްނޫން ކަމުގައި ޔޫއެސްޑީއޭއިން ލަފާދެއްވައެވެ.

ބިސްގަނޑު: މިބާވަތުގައި ކޮލެސްޓެރޯލް ގިނަވުން ބިނާވެގެންވަނީ  ގޮބޮޅިއާއި އެކު ބިސްގަނޑު ތައްޔާރު ކުރާ ނަމައެވެ. އެގޮތުން ބިހުގެ ގޮބޮޅި ނުލައި ބިސްގަނޑު އެޅުމުން އޭގައި ކޮލެސްޓްރޯލް މަދުވާނެއެވެ.

އެހެންވީމާ ކޮންއެއްޗެއް ރަނގަޅީ؟
ފެނުކެއްކި ބިހާއި ބިސްގަނޑުގެ ބަހުސްގެ ޖަވާބު ބިނާވެފައިވަނީ ކައްކާ ގޮތުގެ މައްޗަށެވެ. އެގޮތުން މި ދެވައްތަރުންވެސް ގާތްގަނޑަކަށް އެއް ފައިދާތަކެއް ލިބެއެވެ. ނަމަވެސް، ބިސްގަނޑެއް ތައްޔާރު ކުރާނަމަ ގޮބޮޅި ނުލައި ތައްޔާރު ކުރެވޭތީ ކޮލެސްޓްރޯލް ފަދަ މާއްދާތައް ދަށްކޮށްލެވެއެވެ. އަދި ހަމަ އެހެންމެ ބިސްގަނޑު ތައްޔާރުކުރާނަމަ އެއަށް އިތުރު ފައިދާހުރި ތަރުކާރީ ޖޯޑުކޮށްގެން ގިނަ ނިއުޓްރިއަންޓް އިތުރު ކޮށްލަން ފަސޭހަވެއެވެ. އެހެން ނަމަވެސް، މިފަދަ ބިސްގަނޑު ތައްޔާރު ކުރުމުގައި ކެލޮރީ، ސެޗުރޭޓެޑް އަދި ޓްރާންސް ފެޓްސް އިތުރުވާ ތަކެތި ކަމަށްވާ ތެޔޮ، ޗީޒް ނުލައި ހެދުން މުހިއްމެވެ.

 

އެހެން ކަމުން ކިޔުންތެރިޔާ ބުނާށެވެ. ރަނގަޅީ ފެނުކެއްކި ބިހެއްތަ ނޫނީ ބިސްގަނޑެހެއްޔެވެ؟

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-