-Advertisement-

-Advertisement-

އާ ކެބިނެޓު ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވިން. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، ގާނޫނުގެ އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ އާ ކެބިނެޓަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވިއިރު، މަޖިލީހުގައި ސަރުކާރު ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވަނީ ކެބިނެޓުގައި ހިމެނުމުން މެންބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމާ ގުޅިގެން މިވަގުތު މަޖިލީހުގައި ތިއްބެވީ ސަރުކާރު ހިންގާ ޕާޓީގެ ފަސް މެންބަރުންނެވެ.

އެމްޑީޕީގެ މެޖޯރިޓީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް, ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ހާއްސަ ޖަލްސާގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން އާ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެމަކަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-