-Advertisement-

-Advertisement-

މާލީ ހާލަތު ދަށް ވުމުން ގްރީން ވެސް ލީގުން ވަކިވެއްޖެ!

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމަރ ލީގުގެ ބާކީ ހުރި މެޗުތަށް ނުކުޅޭނެ ކަމަށް ކްލަބް ގްރީން ސްޓްރީޓުން އެފްއޭއެމަށް އަންގައިފި އެވެ. އެފްއޭއެމް އިން ބުނި ގޮތުގައި ގްރީން ބާކީ ހުރި މެޗުތަށް ނުކުޅެން ނިންމީ މާލީ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

ލީގުގެ 7 ވަނައިގައި އޮތް ގްރީން ލީގުން ވަކިވުމުން މިއަދު ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅެން އޮތް މެޗު ނުކުޅޭނެ އެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް މާލީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވެފަިވާއިރު، މިކަމުގެ ސަބަބުން ކްލަބް ވެލެންސިއާ ވެސް ވަނީ ލީގުން ވަކިވެފަ އެވެ. ކުރީގެ ސަރުކާރުން ކްލަބް ތަކަށް ދޭން ބުނި1 މިލިއަން ރުފިޔާ ވެސް ބައެއް ކްލަބް ތަކަށް ނުލިބޭ އިރު، މިނިސްޓްރީ އިން ކްލަބް ތަކަށް ފައިސާ ދިނުމުގައި ތަފާތުކުރުންތަށް ގެންގުޅޭ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

މާލީ ހާލަތު ހުރިގޮތުން ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ބާކީ ބައި ނުކުޅެން ނިންމުމުން، ލީގުގައި ބާކީ އޮންނާނީ 6 ޓީމެވެ. ލީގު ތާވަލު ކުރީގައި އެއް މެޗު އިތުރަށް ކުޅެގެން 1 ވަނައިގައި އޮތީ ކްލަބް އީގަލްސް އެވެ. މެޗު މަދުން ކުޅެގެން 2 ވަނައިގައި އޮތީ މާޒިޔާ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-