އިއްޔެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމާ ހަވާލުވެލެއްވި މުހައްމަދު ޝަމްއާން ވަހީދު ވަނީ ދިވެހީން ޓްރެވެލާ ޑެކްލެރޭޝަން ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފައިއެވެ. މިއީ ޝަމްއާން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ހައިސިއްޔަތުން ނިންމެވި ފުރަތަމަ ނިންމުވުމެވެ.
“ޓްރެވެލާ ޑެކްލެރޭޝަން ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މިއަދު ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ އެވެ،” އިމްގްރޭޝަންގެ ބަޔާނުގައިވެ އެވެ.
The Controller General of Immigration decided to discontinue the "Traveller Declaration" form for Maldivians.
— Maldives Immigration (@ImmigrationMV) November 20, 2023
Read More: https://t.co/QfVWuA4VVb pic.twitter.com/rcUT2fe1x9
ޓްރެވެލާ ޑެކްލެރޭޝަން ފޯމު އަކީ 2020 ގައި ދިމާވި ކޮވިޑްގެ ބަލި މަޑުކަމާއި އެކު މޯލްޑިވްސް އިމިގްރޭޝަންއިން ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15 2020 ގައި ތައާރަފް ކޮއްފައިވާ ފޯމެކެވެ. ރައްޖެން ބޭރަށް ފުރާ މީހުންނާއި ރައްޖެއަށް އަންނަ ކޮންމެ މީހަކު މި ފޯމް ކުރަންޖެހޭ ގޮތަށްވަނީ ހަމަޖައްސައިފައިއެވެ. މި ފޯމް ތައާރަފް ކުރިތާ އަހަރެއްހާ ދުވަސް ފަހުން ވަނީ އޮންލައިންކޮށް ފުރާ ހުށައެޅޭގޮތް ހަދާފައިއެވެ.