2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްއިން ލިބޭ އާމްދަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ގަތަރުގެ ލޯކަލް އޯގަނައިޒިން ކޮމިޓީން ނިންމައިފިއެވެ.
12 ޖެނުއަރީ 2024 އިން 10 ފެބްރުއަރީ 2024 އަށް ގަތަރުގައި އޮންނަ މި މުބާރާތަކީ އޭޝިޔާ ބައްރުގެ 24 ގައުމަކުން ވާދަކުރެއެވެ.
ލޯކަލް އޯގަނައިޒިން ކޮމިޓީން އިން މިގޮތަށް ނިންމާފައިވާނީ ފަލަސްތީނުގައި އަޒްރޭލިން ކުރިޔަށްގެންދާ ލާއިންސާނީ އަމަލުތައް ކުރްވެރިކޮށް އަހުވަންތަ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮއްދިނުމަށް ކަމުގައި ލެއޯސީ އިން ބުނެއެވެ.
“ގަތަރުގައި ބާއްވާ އޭޝިއަން ކަޕުން ލިބޭ ޓިކެޓިން އާމްދަނީ ފަލަސްތީނުގައި ވަރަށް ބޭނުންވާ ރިލީފް މަސައްކަތްތަކަށް ހަދިޔާ ކުރަން ނިންމާފައި މިވަނީ” ކޮމިޓީގެ ޗެއާމަން ހަމާދު ބިން ޚަލީފާ އަލް ތާނީ ވިދާޅުވި އެވެ
ޔޫއޭއީގައި 2019 ވަނަ އަހަރު އޮތް އޭއެފްސީ އޭޝިޔަން ކަޕް ކާމިޔާބު ކުރީ ގަތަރުންނެވެ. ގަތަރުގައި މި މުބާރާތް ހޯސްޓްކުރާ މިއީ 3 ވަނަ ފަހަރެވެ.