-Advertisement-

-Advertisement-

4 އަހަރުގެ ފެންބިލް ނުދައްކައިގެން ފެނަކައިން ފެން ކަނޑާލައިފި

ޕޯޓްސް ކޮމްޕްލެކްސްގައި ހިންގާ ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސްގެ 3 ފިލޯ އިން ފެނުގެ ހިދުމަތް ކަނޑާލައިފިއެވެ. އެމްޕީއެލް އިން ބުނެފައިވަނީ ތަކުރާރުކޮށް ބިލްތަކަށް ފައިސާ ދައްކަން ފެނަކަ އަށް އަނގާފައިވާނެ ކަމަށާއި ނަމަވެސް ފެނަކަ އިން އެ އެންގުންތަކަށް އިޖާބަ ދީފައި ނުވާ ކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން ފެނަކައިން ފެން ބިލް ނުދައްކައެވެ.

އެމްޕީއެލްގެ އެދުމުގެ މަތިން ފެނަކަ ފުލޯތަކުން ފެނުގެ ހިދުމަތް ކަނޑާލައިފައިވާ އިރުގައި ބިލްތަކް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރާފައިވާކަމަށް އެމްޕީއެލް ބުނެއެވެ.

ކުރީގެ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންތަކުގެ ތުހުމަތު ކޮއްފައިވާ އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަންއެވެ.

އަމިއްލަ ކުންފުނިތަކަށް 1.4 ބިލިޔަން ދައްކަން ޖެހޭ ކަމަށާއި އަދި މުޅި ޖުމްލަ ދަރަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އަރާފައިވާކަމަށް ކުރީގެ އެ ކުންފުނީގެ އެމްޑި އަހުމަދު ސައީދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

އަހުމަދު ސައީދުވަނީ ރައީސް ސޯލިހުގެ ސަރުކާރު ނިމެން 1 ދުވަހަށްވެފައި ވަނިކޮށް މަގާމުގައި އިތުރަށް ހުންނަން ބޭނުން ނުވާކަމަށް ބުނެ އިސްތިއުފާ ދީފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-