2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފަހަގަ ކުރުމުގެ ގޮތުން މަސްވެރިންނަށް ހާއްސަ އެވޯޑެއް “ކެޔޮޅުންގެ އެވޯޑަ” ނަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ތައާރަފް ކޮއްފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ހިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ
މި އެވޯޑަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު 30 ނޮވެބަރުގެ ކުރިން އެ މިނިސްޓްރީއަށް ހުށައެޅުމަށް އެދިފައިވެއެވެ